2012 ފެބުރުވަރީ 8 ވަނަ ދުވަހު ރައީސް ނަޝީދުގެ އައްޑަނައަކަށް ވެވަޑައިގެންނެވި ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 08 ފެބުރުވަރީގައި ރައީސް ނަޝީދުއަށް އަނިޔާ ލިބުނަ ނުދޭން އެމަނިކުފާނުގެ އައްޑަނައަކަށް ވީތީ އެބޭފުޅާ ތަޅާ ޗިސްކުރިކަމަށެވެ.
ރައީސް ނަޝީދުއަށް އިޝާރާތް ކުރައްވައި ރީކޯ ވިދާޅުވެފައިވަނީ އެއްވެސް އިންސާނެއްގެ ނަފްސަށް ބަޔަކު ކުޑަވެސް އަނިޔާއެއްދޭއިރު އެކަން ނުހުއްޓުވާ އެކަމަށް ފޯރިދޭން ހުރެފާނެކަމަކަށް ދުވަހަކުވެސް ހިތަށް ނާރާކަމަށެވެ. ރީކޯ މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ ހޯމަދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލިސްތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވަނިކޮށެވެ.
8ފެބްރުއަރީގަ @MohamedNasheed ތިބޭފުޅާ އަށް އަނިޔާ ލިބުނަނުދޭން އަށްޑައަކަށްވީތީ އަޅުގަނޑުތަޅާޗިސްކުރީ.
ދުވަހަކުވެސް ހިތަކަށްނާރާ އެއްވެސް އިންސާނެއްގެ ނަފްސަށް ބަޔަކު ކުޑަވެސް އަނިޔާއެއްދޭއިރު އެކަން ނުހުއްޓުވާ އެކަމަށްފޯރިދޭންހުރެފާނެކަމަކަށް.— Reekomoosa (@ReekoMoosa) June 2, 2020
މިހާރު ތިބި ކައުންސިލަރުގެ ދަޢުރު ދިގުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ހޯމަ ދުވަހުގެ ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމަށްގެ ނަން އިއްވުމާއި ގުޅިގެން އެބޭފުޅާ މަޖިލީހުން ނިކުމެ ވަޑައިނުގަތުމުން މެންބަރުންތަކެއް ވެގެން ވަނީ އެބޭފުޅާ މަޖިލިހުން ބޭރުކޮށްފައެވެ.
އެގޮތުން މަޖިލިސް ތެރޭގައި ކަންތައްވެ ދިޔަ ގޮތް ކުއްވެރި ކުރައްވައި ރީކޯ ވިދާޅުވެފައިވަނީ ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއްނޫންކަމަށާއި އެފަދަ ޢަމަލެއް ކުރުމަކީ ކުށެއްކަމަށެވެ.
ރިކޯ ވިދާޅުވެފައިވަނީ މެމްބަރެއްގެ ނަން އިއްވުމުން ބޭރަށްނުދާނަމަ މަޖްލިސްމެދުކަނޑާލާ އެ މެންބަރަކު ތަޅުމުން ނެރެން ޖެހޭނީ ސެކިއުރިޓީން ލައްވާކަމަށެވެ.



