ބިދޭސީ މަސައްކަތްތެރިންތަކެއް މަސައްކަތުގައި - ފެށުން ފޮޓޯ: ވިސާމް

9207 މުވައްޒަފުންގެ ހުއްދައަށް އެދިއްޖެ

ކޮވިޑް-19 އާއި ގުޅިގެން އަޅަފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު، ވިޔަފާރި ހުއްދައަށް އެދި މާލެ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ އެޕްލިކޭޝަން ހުށައަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ވިދާޅުވެފައިވަނީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮަށް ވިޔަފާރި ހުއްދަ އަށް 29 މެއި އިން ފެށިގެން މިހާތަނަށް ޖުމްލަ 3480 އެޕްލިކޭޝަންސް ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި 17 ބާވަތެއްގެ ވިޔަފާރި ހިންގުމަށް ވަނީ ހުއްދައަށް އެދިފައެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ވިދާޅުވެފައިވަނީ މި އެޕްލިކޭޝަންސް ތަކުގެ ތެރޭގައި ކުންފުނި ތަކުން ހުށައަޅާފައިވާ 2090 އެޕްލިކޭޝަނެއް ހިމެނޭކަމަށާއި މީގެ އިތުރުން 9207 މުވައްޒަފުންގެ ހުއްދައަށްވެސް އެދިފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގެ ފުރަބަންދުގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ވަކި އުޞޫލެއްގެ ދަށުން ވަނީ ދޫކުރަން ފަށާފައެވެ.

އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދާއިރު، މުވައްޒަފުންގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް ހުއްދަ ދޫ ނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ފާސްއަށް އެދިފައިވާ މުވައްޒަފުންގެ ތެރެއިން ފާސް ދޫކުރެވޭނީ އިކޮނިމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ވަކި އަދަދަކަށް ކަމަށާއި، އެ ކައުންސިލުން ހުރިހާ ތަފްސީލެއް މިހާރު ވަނީ އިކޮނޮމިކްސް މިނިސްޓްރީ އާއި ހިއްސާ ކޮށްފައިކަމަށެވެ.

އެގޮތުން މި މަޢުލޫމާތުތައް ވެރިފައިކޮށް މިއަދު ފުލުހުން ފާސްތައް ދޫކުރަން ފަށާނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ