ވޭތުވެދިޔަ ހަފްތާގައި މާލޭގައި އެކަނި 56 އެކްސިޑެންޓު ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ވޭތުވެދޔަ ހަފްތާގެ ތަފާސްހިސާބުތައް ފުލުހުން އާއްމުކޮށްފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި 56 އެކްސިޑެންޓުގެ ތެރެއިން 11 އެކްސިޑެންޓެއްގައި މީހުނަށް އަނިޔާވެފައިވެއެވެ.
އެކްސިޑެންޓުތައް ގިން މި ނުރައްކާތެރި ހަފްތާގައި ފުލުހުން 417 ވެހިކަލް ބަލާ ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 99 ފަރާތެއް ލައިސަންސް ނުލާ ދުއްވާފައިވާއިރު، ލައިސަންސް އޮވެމެ ލައިސަންސް ކާޑު ނުލައި 57 ފަރާތެއް ދުއްވާފައިވެއެވެ. އަދި އިންސުއަރެންސް މުއްދަތު ހަމަވެފައިވާ 28 ވެހިކަލަކާއި، އަހަރީފީ ހަމަވެފައިވާ 34 ވެހިކަލްގެ އިތުރުން ރޯޑްވާދިނެސް ހަމަވެފައިވާ 33 ވެހިކަލް ފުލުހުން ހުއްޓުވާފައިވެއެވެ.
މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ދުއްވި ދެ އުޅަނދަކާއި، ޓްރެފިކްލައިޓް އާ ހިލާފަށާއި ވަންވޭއާ އިދިކޮޅަށް ދުއްވި 15 ފަރާތަކާއި، ކަނޑައެޅިފައިވާ ބާރުމިނަށްވުރެ ބާރަށް ދުއްވި 14 އުޅަނދެއް ފުލުހުން ވަނީ ހުއްޓުާފައެވެ.
މާލެއަކީ ގިނަ އަދަދެއްގެ އުޅަނދު ދުއްވާ ތަނަކަށްވާއިރު، ޓްރެފިކް އުޞޫލުތަކާ ޚިލާފަށް ދުއްވާ ފަރާތްތައްވެސް ނުހަނު ގިނައެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި އެކަނިވެސް ހެޑްސެޓް ޖަހަައިގެން ސައިކަލް ދުއްވި 31 ފަރާތަކާއި، ސައިކަލުގައި ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކުރި 5 ފަރާތަކާއި، އުޞޫލާ ޚިލާފަށް މުދާ އުފުލި 14 ފަރާތެއްގެ އިތުރުން ހެލްމެޓް ނާޅާ ދުއްވި 18 ފަރާތެއް އަދި އޯވާޓޭކް ކުރުމުގެ އުޞޫލުތަކާ ޚިލާފުވި 9 ފަރާތަކާ މެދުގައި ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (4th May to 10th May 2019).@TransportMV @MaleCitymv pic.twitter.com/uo0ALVNo03
— Maldives Police (@PoliceMv) May 12, 2019
ވޭތުވެދިޔަ ހަފްތާގައި އެކްސިޑެންޓްތަކުގައި އެކަކު މަރުވެފައިވާއިރު، ފުލުހުން ގެންދަނީ ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.



