ހުޅުމާލެ ޖަލުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ | ފޮޓީ: ކަރެކްޝަންސް

ގައިދީން ރޯގާއާއި ހުން ހުރޭތޯ ކޮންމެ ދުވަހަކު ޗެކު ކުރަނީ

ގައިދީންގެ ރޯގާއާއި ހުން ހުރޭތޯ ކޮންމެ ދުވަހަކު ޗެކު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ޝަރވިސްއިން ނިންމައިފިއެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުތަކުގެ މެޑިކަލް ސެންޓަރ ތަކުން ކޮންމެ ގައިދީއެއްގެ ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ކޮންމެ 24 ގަޑިއިރަކުން ޗެކުކުރަމުން ދާނެ ކަމަށެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން ޖަލުތަކުގައި ހުރި ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަައި އަޅަން ނިންމެވި ފިޔަވަޅެއް ކަމަށެވެ.

މީގެ ކުރިން ވަނީ ހުޅުމާލެ ޖަލު، މާފުށި ޖަލު، މާލޭ ޖަލު އަދި އައްސޭރި ޖަލުން ގައިދީންނާއި ޖަލު އޮފިޝަރުންގެ ރެންޑަމް ސާމްޕަލްވެސް ނަގައިފައެވެ. އެއިން އެއްވެސް ޖަލަކުން ނެގި ރެންޑަމް ސާމްޕަލް އަކުން އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި އެކު ޖަލުތަކުގައި އެ ވައިސް ފެތުރުނަ ނުދިނުމަށްޓަކައި ގިނަ ކަންތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ގައިދީންނާއި ބަންދު ކުރެވިފައިވާ މީހުންނާއި އޮފިސަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ