އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރު.އެމްވީ

ޕީސީއާރު ޓެސްޓެއް ހަދަން ރާއްޖޭގައި މަދުވެގެން ކިހާ ޚަރަދެއް ކުރަންޖެހޭ؟

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، މުޅި ދުނިޔެއަށްވެސް މިވަނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައެވެ. މިބިރުވެރިކަމާއި މިކުޑަކުޑަ ދިވެހިރާއްޖޭވެސް ކުރިމަތިލާން ޖެހިފައިވާ މިދަނޑިވަޅުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ހަދާ ޕީސީއާރު ޓެސްޓް ހަދަން ރާއްޖޭގައި މަދުވެގެން ކިހާ ޚަރަދެއް ކުރަންޖެހޭކަން އެނގޭ ހެއްޔެވެ؟

އެގޮތުން ޕީސީއާރު ޓެސްޓު ހެދުމަށްދާ އެންމެ ކުޑަ ޚަރަދު އޭޑީކޭއިންވަނީ އާންމުކޮށްފިއެވެ.

އޭޑީކޭއިން އާންމުކޮށްފައިވާ ޚަރަދުތަކަށް ބަލާލާއިރު، ސާމްޕަލް ނެގުމަށް ބޭނުންކުރާ 'ތްރޮޑް ސެވްބް'ގެ އަގަކީ 120 ރުފިޔާއެވެ. އަދި މެނުއަލްކޮށް މިމަސައްކަތްކުރާނަމަ 3 ލެބް ޓެކުން މަސައްކަތްކުރާނެއެވެ. މިތިން މީހުންގެ 'ޕީޕީއޯ ކަވަރއޯލް' ގެ އަގަކީ 1950 ރުފިޔާއެވެ. 8 ގަޑިއިރުގެ ޝިފްޓެއްގައި 100-200 އާއި ދެމެދުގެ އަދަދަކަށް ސާމްޕަލް ނަގާއިރު، މީގައި ވާގޮތުންނަމަ ކޮންމެ ސާމްޕަލްއަކަށް 13 ރުފިޔާ ޚަރަދު ވާނެއެވެ.

މީގެއިތުރުން ޓެސްޓް ހެދުމުގައި ބޭނުންކުރާ މާސްކާއި، އަންގި، އަދި މޫނު ނިވާކުރުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޓެސްޓް ހެދުމަށް ބޭނުންކުރާ ހޮޅިފަދަ ޕްލާސްޓިކް ތަކެތީގެ އަގުތައްވެސް މީގައިވެއެވެ.

އަދި ކޮންމެ ސާމްޕަލެއްގެ ޑީއެންއޭ އެކްސްޓްރެކްޓް ކުރުމަށާއި މިމަސައްކަތުގައި ބޭނުންކުރާ ސާމާނުގެ ޚަރުދުތަކާއި، އެހެނިހެން ޚަރަދުތައްވެސް އޭޑީކޭއިންވަނީ އާންމުކޮށްފައެވެ.

އޭޑީކޭއިން އާންމުކޮށްފައިވާ މިޚަރަދުތަކަށް ބަލާއިރު، ޕީސީއާރު ޓެސްޓެއް ހަދަން ރާއްޖޭގައި މަދުވެގެން 686 ރުފިޔާ ޚަރަދު ކުރަންޖެހެއެވެ. ކޮވިޑް-19 އަށް އޭޑީކޭއިން ޓެސްޓު ހަދައިދެނީ 675 ރުފިޔާއަށެވެ. މިއީ މިޓެސްޓު ހެދުމަށް އެންމެމަދު ވެގެންދާ އަސްލު ޚަރަދަށްވުރެ 11 ރުފިޔާ މަދު އަދަދެކެވެ. އަދި މިފައިސާއަކީ ސީދާ ރައްޔިތު މީހާގެ އަތުން ނަގާ ފައިސާއެއް ނޫނެވެ. އޭޑީކޭއިން މިފައިސާ ހޯދުމަށް ބިލްކުރާނީ އައިޖީއެމްއެޗް އަށް ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި އަންނަނީ ތިންތަނެއްގައި ޓެސްޓު ހަދަމުންނެވެ. މި ތިންތަނަކީ އައިޖީއެމްއެޗް، އޭޑީކޭ، އަދި ފުލުހުންނެވެ.

What any hospital in Maldives currently will spend minimum as their cost to do a single PCR test.*Automatic extraction...

Posted by ADK Trade and Shipping on Wednesday, June 3, 2020

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ