ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން (ކައި)ގެ ވާހަކައެކޭ ނުވަތަ ޚަބަރެކޭ ބުނެފިނަމަ އެ ކަމެއް އޮޅުން ފިލުވަން ބޭނުންވާ ބައިވަރު މީހުން ތިބޭނެއެވެ. އަދި ރާއްޖޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓެއް ހޮވާނަމަ އެ ލިސްޓުގެ އެންމެ ކުރީގައި ކައިޒީން ހިމެނޭނެއެވެ. އަބަދުވެސް ސޯޝަލް މީޑިއާގައި ކައިޒީން އަށް ފާޑުކިޔުން އަމާޒުވިޔަސް، ހަޤީގަތަކީ، ކައިޒީންގެ ވާހަކަތައް އަޑުއަހަން ބޭނުން އޭނަގެ ބައިވައިރު ފޭނުން ތިބޭކަމެވެ. އެގޮތުން ކައިޒީން މިވަނީ ބައިސްކޯފުން ގެނެސްދެމުން އަންނަ "ލޮކްޑް އަޕް ވިތް" ޕްރޮގްރާމްގައި އޭނަގެ ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފައެވެ.
"ލޮކްޑް އަޕް ވިތް"ގެ ކައިޒީންގެ އެޕިސޯޑުގައި ވާހަކަދައްކަމުން ކައި އާއި ގުޅޭގޮތުން މީގެ ކުރިން އާއްމުންނަށް ނޭނގޭ ގިނަ ވާހަކަތަކެއް ހިއްސާކުރިއެވެ. އެގޮތުން ފިރިހެންކުދިންގެ ހެދުން އެޅުމުގެ ސިފަތަކުގެ ވާހަކަ ދައްކަމުން ކައި ބުނީ، ގިނައިން ގަހަނާ އަޅާފައި ހުންނަ ފިރިހެންކުދިން އޭނާއަށް ކަމުނުދާކަމަށެވެ. އަދި ގޮޅި ޖެހި ގަމީސް ލާ ފިރިހެންކުދިން ވެސް ކަމުނުދާކަން ފާހަގަކޮށް ކައި ބުނީ، އެންމެ ކަމުދަނީ ޑީސެންޓް އަދި ސާފުތާހިރުކޮށް ހުންނަ ފިރިހެންކުދިން ކަމަށެވެ.
“ލޮކްޑްއަޕް ވިތް” މި އިންޓަވިއުގައި ކައި އިތުރަށް ދެއްކި ފާހަގަކޮށްލެވޭ ވާހަކަތަކަށް ބަލާއިރު، ކައި ބުނީ ދިރިއުޅުމުގައި އޭނަ ގެންގުޅޭ މޮޓޯ އަކީ، "ގޯ ވިތް ދަ ފްލޯ" ކަމަށެވެ. އަދި ކައި އާއި ގުޅޭގޮތުން އެހެން މީހުންގެ ހަނދާނުގައި ހުންނަން ބޭނުންވާ ހަނދާނަކީ، ވަރަށް ހިތްހެޔޮ ރަހްމަތްތެރި މީހެއްގެ ގޮތުގައި ކަމަށް ކައި ބުންޏެވެ. މީގެ އިތުރުން ކައި ބުނީ، އެންމެ ފަސޭހައިން ކައިގެ ސަމާލުކަން މީހަކަށް ދަމައިގަނެވޭނީ، އެމީހަކީ، ވަރަށް މަޑުމައިތިރި އަދި ހިތްހެޔޮ މީހަކަށް ވެގެންނެވެ. ނަމަވެސް ކައިގެ ސަމާލުކަން ދަމައިގަންނަން އެހާ ފަސޭހައެއް ނުވާނެ ކަމަށް ކައި ވަނީ ބުނެފައެވެ.

ކައި އާއި ބެހޭގޮތުން މީހުން ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ އަޑުއަހަން އުނދަގޫވި ވާހަކަތަކަކީ، ކައި ސިންގަލް ވި ޚަބަރާއެކު ސޯޝަލް މީޑިއާގައި މީހުން ދެއްކި ވާހަކަތައް ކަމަށް ކައި ބުންޏެވެ. އެގޮތުން އެދުވަސްވަރު ރާއްޖޭގެ އެކި މީހުންނާއި އަޅުވާ ކިޔާފައިވާކަމަށް ކައި ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން ކައި ވަރަށް ބޮޑު މާޔޫސްކޮށްލިކަމަށް ކައި ހާމަކުރިއެވެ.
މީގެ އިތުރުން، ކައިގެ ހަށިގަނޑާއި ގުޅޭގޮތުން ދައްކާ އެކިކަހަލަ ވާހަކަތަކުގެ ތެރެއިން، ކައި ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ބުނެ ފަތުރާ ޙަބަރުތަކަކީވެސް، އަޑު އަހަން އުނދުގޫވާ ވާހަކަތައް ކަމަށް ކައި ވަނީ ބުނެފައެވެ. އެގޮތުން ކައި ބުނީ، އާޓިފިޝަލީ ހަށިގަނޑަށް އެއްވެސް ބަދަލެއް ގެނެސް ދުވަހަކުވެސް ގެނެސްފައި ނުވާނެކަމަށެވެ.
ކައިގެ ޕްރޮފެޝަން އިން ހާސިލުވި އެންމެ ބޮޑު ކާމިޔާބީގެ ތެރެއިން، ރާއްޖޭގައި ކައިގެ ނަން ނުފޫޒުގަދަ މީހެއްގެ ގޮތަށް ލިޔެވިގެން ދިޔުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ކައި ފާހަގަކުރިއެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ މީހުންނަށް ކައި އެނގިގެންގޮސް މީހުންގެ ލޯބި ހާސިލުވުމަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ކައި ފާހަގަކުރިއެވެ. މީގެ އިތުރުން ކައި ބުނީ، ކުރިއާއި އަޅާބަލާއިރު، މިހާރު އޭނައަށް ލިބޭ ފުރުސަތުތައް ވެސް ވަރަށް ބޮޑަށް އިތުރުވެއްޖެކަމަށެވެ. އެހެންކަމުން އެއީވެސް ކާމިޔާބީއެއް ކަމަށެވެ.

މި ލޮކްޑައުންގައި ކައިއަށް ދަސްވި ކަންކަމުގެ ތެރެއިން، އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫންކަމާއި، ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެގެން ތިބުމާއި، ހަމަހަމަކަން އަދި، ދިރިއުޅުމުގައި ބެކް އަޕް ޕްލޭންއެއް އޮތުމުގެ މުހިއްމުކަން ދަސްވިކަމަށްވެސް ކައި ހާމަކުރިއެވެ.
އިންޓަވިއު ނިއްމާލަމުން، ފްރޮންޓް ލައިންގައި މަސައްކަތް ކުރާ އެންމެންގެ މަސައްކަތައް ކައި ވަނީ ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި އެކު، އޮންލައިން ސްޓްރީމިން ޕްލެޓްފޯމް، ބައިސްކޯފުން ގެނެސްދެމުން އަންނަ ލޮކްޑް އަޕް ވިތް ޕްރޮގްރާމް މިވަނީ އާއްމުންގެ މެދުގައި ވަރަށް ބޮޑަށް ވައިގައި ހިފާލާފައެވެ. މި ޕްރޮގްރާމްގައި ފަންނާނުން އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި، ކުރިން ނުދައްކާ ވާހަކަތައް ހިއްސާކުރާއިރު، ބެލުންތެރިން މި ޕްރޮގްރާމް ބަލާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.




17 Responses
anhen kudhin dhahbandah ehaa bodu vee ma reecheh noon ehenve vari kohfa thihiree
ބަ**** މިދެން ކޮން ރު*^%^% ތަ؟؟
މުއްސަނދިން ފަހަތުން ދުވެބަލަ މާ އަނގަ ގަދަ ނުކޮށް..
މުގުނީ ގޮވާގެންްްްްްް އޯ ބުލޫ ރިޒޯޓްގަ ހޭދަކުރި ރޭ ދޮގެކޭ ބުނީމަ ބުނެވުނީ.. އިސްލާހްވާނެތަ ތިމީސްމީހުން.. ދަމާ ނަރަކައަށް އެއްލާލައި އިރުސަހަރޯއޭ ހިތަށްްް އަރާނެ..
Ehnve dhw kai Golhi jehi gamees lany
alhugandu Men beynun kai ah GAMEES khaassa koh ufahdhan. Mihen mibuny kai GOLHI JEHI GAMEES laathi veema
Amelemeehaa thihuree kulafotehen nunu gudho govaairu.
މި މަންޖެވެސް އައުރަ ނިވާ ނުކުރާތީ ހުސޭނުބެ އަށް އެއްވެސް ރީއްޗެއް ނުން.
އައުރަ ނިވާ ކުރަނީ ހުސޭނުބޭ ކަހަލަ ފިރިހެނުންގެ ހިތް ސަލާމަތް ކުރަން، ހުސޭނުބެ އަށް ރީތީ ނޫނިއްޔާ ރަގަޅެއްނު އެހެންވީމަ.
ކައި ސަމާލުކަން ހޯދޭނި ޤާރޫނުގެ ހަޒާނާއާއެއްވަށް ފައިސާ ހުރީމަ.. އެއީ ޢެއްވެސް ކަމެއް ނޫން އޭރުން..ގިނަ ދުވަސް ދުވަހު ދުވާލަކަށް 40ހާސް އަތުލަފި ކުރާކަމަށް ވަނީ ދަމާސް ސޯލިހުއަތުންވެސް
ދެން ނުލާނަން ގޮޅިޖެހި ގަމީސް
Kalo thiulheny kai aa innan tha
އިނދެގެން އުޅުނު މީހާގެ ތިޔަބުނާ އެއްވެސް ސިފައެއް ނެތް. ބޮޑަށް ހީވަނީ މިހާރު ފެންނަން ބޭނުން ވަނީ ސޫޓުބޫޓު ލާފައި ތިބޭ މީހުންނާއި އެކީގައިހެން. ޒުވާން އުމުރުގެ ގިނަ ޒުވާން ފިރިހެނުންގެ ތިޔަ ކަމުނުދާ ކަމަށް ބުނާ ކޮންމެވެސް އެއް ސިފައެއް ހުންނާނެ.
ކައި ބަލާނީ މުސްކުޅިންނަ’ ޒުވާން ފިރިހެންކުދިންނަކަ ކައި ނުބަލާނެ!
Kai golhi jehi gamees laafa begee jeheema aharumennakah ves reeche noon. Heevanee bodibaiy gandeh hen. Nikan burugaa alhaaalaafa reethi islami hedhumeh laabala. Manje thee muslimeh noon tha ?
Kai ah reethi nuviyyaa rangalhuvaanee ??
ފިރިހެން ކުދިން ކަމުދޭތަ ކަައި އަށް މުސްކުޅި މަހުޖަނު ފިރިހެނުންނެއް ނޫންބާ ޢަނެއްކާ ކަމުދަނީ
Kai ah reethi kuraakah noon golhijehi gamees laneekee????