ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަކަމަށް ޝައްކުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ) އަކީ މި ސަރވިސްއަށް ހުށަހެޅި ތަހުގީގު ކުރަމުންދާ، ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުންދެމުންދިޔަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.
އަދި ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މުޙައްމަދު ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލަނީhttps://t.co/za5c1nmqBX pic.twitter.com/QVurt40gvD
— Maldives Police (@PoliceMv) June 3, 2020
ވީމާ، މުޙައްމަދު ނަޞްރުﷲ ފުށުން އެފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




