ފުލުހުންގެ ތަޙްޤީޤަކަށް މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ، ސ.މަރަދޫ / ރޭޝަން، އަޙްމަދު ސަމީން (32އ) ކަމަށެވެ. ނަމަވެސް އަހްމަދު ސަމީންއާއި ގުޅޭ ގޮތުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ވީމާ އަޙްމަދު ސަމީންއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
— Maldives Police (@PoliceMv) May 12, 2019
ފުލުހުންގެ ތަޙުޤީޤަށް މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން ދޭތެރެ ދޭތެރެއިން އެދިލައްވާއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އާއްމު ރައްޔިތުންނަށް ފުލުހުން ޝުކުރު އަދާކުރެއްވިއެވެ.