ބިލިއަނަރަކަށްވި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިއަކަށް ރޮނާލްޑޯ!

ބިލިއަނަރަކަށްވި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިއަކަށް އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައިވާކަން ފޯބްސްއިންވަނީ ހާމަކޮށްފައެވެ.

އެގޮތުން ފޯބްސްގައި ވާގޮތުން ފުޓްބޯޅައިން ރޮނާލްޑޯ 650 މިލިއަން ޑޮލަރު އާމްދަނީއެއް ހޯދާފައިވާއިރު، ބާކީ ބައި އޭނާ ހޯދާފައިވަނީ އިޝްތިހާރުތަކުންނާއި އެހެނިހެން ގޮތްގޮތުންނެވެ. އެއާއެކު ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއަށް ރޮނާލްޑޯ ވެގެންދިޔަނަމަވެސް، ކުޅުންތެރިންގެ ލިސްޓުން އޭނާއަށް ލިބެނީ ތިންވަނައެވެ. ގޯލްފު ކުޅުންތެރިޔާ ޓައިގާ ވުޑްސްއާއި ބޮކްސިންތެރިޔާ ފްލޮއިޑް މޭ ވެދާރ މީގެކުރިންވަނީ މިލިސްޓަށް އަރާފައެވެ.

މީގެއިތުރުންވެސް ކުޅުންތެރިންގެ ތެރެއިން މިދިޔަ 12 މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އާމްދަނީއެއް ހޯދަފައިވާ ޓެނިސް ކުޅުންތެރިޔާ ރޯޖާރ ފެޑެރާގެ ފަހަތުގައި ރޮނާލްޑޯ އޮތީ 105 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުގައެވެ. ވާދަވެރި މެސީއަށް މިލިސްޓުން ތިންވަނަ ލިބެނީ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ހޯދި 104 މިލިއަން ޑޮލަރުގެ އާމްދަނީއާއެކުގައެވެ.

ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި ރޮނާލްޑޯއާއި ވާދަވެރި މެސީއަށް ފުޓްބޯޅަ ކޮންޓްރެކްޓްތަކުން ލިބިފައިވަނީ 605 މިލިއަން ޑޮލަރެވެ.

ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވަނީ ރޮނާލްޑޯއަކީ ފުޓްބޯޅައިގެ އިތުރުންވެސް އެތަށްގޮތަކަށް މަޝްހޫރު ކުޅުންތެރިއެވެ. އެގޮތުން އިންސްޓަގްރާމްގައި އޭނާގެ 222 މިލިއަން ފޯލޯވާސް އުޅޭއިރު، ރޮނާލްޑޯއަކީ އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯ ކުރާ ކުޅިވަރު ކުޅުންތެރިޔާއެވެ.

ރޮނާލްޑޯގެ މަޝްހޫރުކަން އޭނާ ޔުވެންޓަސް ބަދަލުވިއިރުވެސްވަނީ ހާމަވެގެން ގޮސްފައެވެ. ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުމާއެކު އެކްލަބުން، 24 ގަޑިއިރުތެރޭ ރޮނާލްޑޯގެ 520000 ޖަޒީ ވިއްކާފައވާިކަމަށް ފޯބްސްގައި ވެއެވެ. މީގެއިތުރުންވެސް ރޮނާލްޑޯވަނީ 2016 ވަނަ އަހަރު ނައިކްއާއެކު އުމުރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
31522
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Sad cx I cant afford a phone

    މިތަނުން މީހަކު މަށަށް ފޯނެއް ގަނެދޭނެ ބާ. ފޯނެއް ގަންނާނެ އެއްޗެއް އަތަކު ނެތް. މި މަންމަ ފޯނު

    6
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ