ކ.މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި ފުލުހުން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ިހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލެއިން ފުރައިގެން ކ. މާފުށްޓަށް ދަތުރުކުރަމުންދާ ލޯންޗަކުން މާފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 11 ވަނަ ދުވަހުގެ 22:32 ހާއިރު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހެއް ކަމަށާއި، އެމީހާގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން 13 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި މީހާ ލޯންޗުން ބަނދަރު މައްޗަށް ފޭބުމުން ފުލުހުން މި މީހާ ހުއްޓުވި ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފެނުމުން ފުލުހުން އެތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓުފެނިފައިިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




ހިޔާލު
މައްސަލަ ތިހާ ހިސާބުން ނިމުނީ. ވައްސަލާމް.