ޖާބިރުގެ ނަމުގައި ކ.ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފައްޓަވައިފިއެވެ.
ކާށިދޫގެ ލޮބުވެތި ރައްޔިތުންނަށް އެޑްރެސްކޮށް ޖާބިރު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ކާށިދޫގައި އެއަރޕޯރޓްއެއް އެޅުމަކީ އޭނާގެ ކެންޕެއިންގެ ވަރަށް މުހިންމު ވައުދެއްކަމަށެވެ. އަދި އެއީ ކާށިދޫގެ ކުޑަބޮޑު އެންމެހާ ލޮބުވެތި ރައްޔިތުންގެ ހުވަފެނަކަށް ވީހިނދު، ކާށިދޫގައި އެއަރޕޯރޓްއެއް އެޅިގެންދިއުމަކީ ކާށިދޫގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެކަމެއްކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.
އަދި މިކަމުގެ މަޝްވަރާތައް މިހާރުވާނީ ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ ވުޒާރާއަކާއެކު ކުރިއަށް ގެންދެވިފައިވާކަމަށާއި، އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލާ އައިޝަތު ނަހުލާއާއި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރަރސްޓްރަކްޗަރ އަލްފާޟިލް މުހައްމަދު އަސްލަމް އާއި ވަނީ މަޝްވަރާކުރެވި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައިވާކަމަށްވެސް ޖާބިރުގެ ސިޓީގައިވެއެވެ. އަދި،
"ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަޅުގަޑަށް އަރުވާފައެވެ." ޖީބިރުގެ ސިޓީގައިވެއެވެ.
އަދި މިކަމަށްޓަކައި މިއެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.
ކާށިދޫގައި "ޖާބިރު އެއަރޕޯރޓް" ގެ ނަމުގައި ތަރައްޤީކުރާ އެއަރޕޯރޓަކީ އޭނާގެ އަމިއްލަ ޚަރަދުގައި ތަރައްޤީކުރަން ނިންމާފައިވާ އެއަރޕޯރޓެކެވެ. އަދި މިއެއަރޕޯރޓަކީ ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރާ އެއަރޕޯރޓެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މިދާއިރާގެ އެންމެ ތަޖުރިބާކާރު އެއްބޭފުޅެއްކަމުގައިވާ އަހުމަދު މަހުރީންއެވެ. އަދި ކާށިދޫގެ ލޭންޑްޔޫސް ޕްލޭންގައި އެއަރޕޯޓް އެޅުމަށް ކަނޑައަލާފައިވާ ބިން ޖާބިރާއި ހަވާލުކޮށް ރުއްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށް ކައުންސިލްގައި މިހާރު ދަންނަވާފައިވާކަމަށާއި، މިކަމުގައި ކާށިދޫގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭ ކަމުގައި ޖާބިރުގެ މިސިޓީގައިވެއެވެ.




3 Responses
ޖާބެ ވިއްޔާ ނުވަނީތަމިކަން … އުފާވެރި ހަބަރެއް
ނޫސްވެރިން ނަށް ލާރިދިނީމާ ހަމަ ކޮންމެ މޮޔައެއްވެސް ހެޑްލައުނަށް އަރާނެ… ނޫސްވެރިކަން ނީލަމަށް ލީމާ ހެޑްލައުނަށް އަރާނީ ޖޯކަރުން
Mihaaru ves Airport alhaafa Jaabir othee. Anehkka cable car alhaa iru keehkuraa Airport eh beynumeh noon .