ތިން މީޓަރުގެ (10 ފޫޓުގެ) ބޮޑުމިން ހުރި މިޔަރެއް ހަމަލާދީ ރާޅާ އަޅަމުންދިޔަ އޮސްޓްރޭލިޔާ މީހަކު މަރާލައިފިއެވެ.
މިހާދިސާ ހިނގައިފައިވަނީ، އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ އުތުރުގައެވެ. އަދި މިޔަރު ހަމަލާ ދީފައިވަނީ އުމުރުން 50 އާއި 60 އަހަރާއި ދެމެދުގެ މީހަކަށެވެ.
މިޔަރު ހަމަލާދިނުމުގެ ސަބަބުން މިމީހާގެ ވާތުފައިވަނީ ވަކިވެގެން ގޮސްފައެވެ. މިޔަރުގެ ހަމަލާ އަމާޒުވި މީހާ ސަލާމަތް ކުރުމަށްޓަކައި އެވަގުތު އެމީހާއާއެކު ރާޅާ އެޅުމުގައި ހަރަކާތްތެރިވި މީހުން މަސައްކަތް ކޮށްފައި ވެއެވެ. މިޔަރުގެ ކިބައިން ސަލާމަތްކޮށްގެން އެމީހާ އެއްގަމަށް ގެނަ ނަމަވެސް އެމީހާވަނީ ހޮސްޕިޓަލަށް ނުގެންދެވެނީސް މަރުވެފައެވެ.
ޚަބަރުތައް ބުނާގޮތުން މިދުވަސްވަރަކީ މިސަރަހައްދުގައި ގިނަ އަދަދަކަށް މިޔަރުތައް ފެއްނަ ދުވަސްވަރެކެވެ. މިޔަރެއްގެ ފަރާތުން އިންސާނުންނަށް ނުރައްކާ ވެދާނެ ހާދިސާއެއް ކުރިމަތިވެއްޖެނަމަ މިޔަރަށް ބަޑިން ހަމަލާދިނުމުގެ ހުއްދަ އޮސްޓްރޭލިއާގެ ފުލުހުންނަށް ދީފައި ވެއެވެ. ނަމަވެސް މި މިޔަރު އެސަރަހައްދުގައި ތިންގަޑިއިރެއް ހާއިރު އުޅުނުއިރުވެސް ފުލުހުން އެ މިއަރަށް ހަމަލާ ދީފައެއް ނުވެއެވެ.
މިއީ އޮސްޓްރޭލިއާގައި މިއަހަރު ތެރޭގައި މިޔަރުގެ ހަމަލާތަކާއި ގުޅިގެން މަރުވި ތިންވަނަ މީހާއެވެ. މިގޮތުން، ޖެނުއަރީމަހު 57 އަހަރުގެ މީހަކު މަރުވެފައވާއިރު އޭޕްރީލްމަހުވަނީ 23 އަހަރުގެ މީހަކު މަރުވެފައެވެ.