ޝިޔާމްއަށް ކުރި އަނިޔާ ކުއްވެރިކޮށް ކެލާގައިވެސް މުޒާހަރާކޮށްފި

ރައްޔިތުންގެ މަޖިލީސް ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއަށް ކުރި އަނިޔާ ކުއްވެރިކޮށް ހއ. ކެލާގައިވެސް މުޒާހަރާކޮށްފިއެވެ.

ކެލާއިން މިނޫހަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއަށް ކުރި އަނިޔާ ކުއްވެރިކޮށް އެރަށުގައި އެއްވުމެއް ބާއްވާފައިވާކަަމަށާއި، ހަވީރު ބޭއްވި މިއެއްވުން ކުރިއަށް ގޮސްފައިވަނީ އެއްވެސްކަހަ މައްސަލައެއް ނުޖެހި ވަރަށް ޞުލްޙަވެރިކޮށްކަމަށެވެ. އަދި އިދިކޮޅުން ބޭއްވި މިއެންވުން ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމް ޖަގަހަ ކުރިމަތީގައިކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިމުޒާހަރާއަކީ ކައުންސިލަރުންގެ ދައުރު ދިގުދައްމާލުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ފެށި މަޖިލީހުގެ ޖަލްސާގައި ޕީ.ޕީ.އެމް.ގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ނެންގެވި ނިޒާމީ މައްސަލައަށް ފުރުޞަތު ދެއްވުމެއް ނެތި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އެމަނިކުފާނުގެ ނަން އިއްވުމަށްފަހު، ރިޔާސަތުގެ އަމުރަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އެއްވެ، އެމަނިކުފާނަށް އަނިޔާ ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ކުރަމުންދާ މުޒާހަރާއެކެވެ.

 

ޝިޔާމްއަށް ކުރި އަނިޔާ ކުއްވެރިކޮށް ނައިފަރުގައިވެސް މިމަހުގެ 3 ވަނަ ދުވަހު މުޒާހަރާ ކޮށްފައިވެއެވެ. ތަފާތު ޝިއާރުތަކާއެކު އެރަށުގައިވެސް ކޮށްފައިވަނީ ޞުލްޙަވެރި މުޒާހަރާއެކެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މަނާކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ