"މެސީ އަދި ރޮނާލްޑޯފަދަ ކުޅުންތެރިއަކަށް އަހަންނަށް ވެވުނީސް"

ކުޅުނުއިރު މަސައްކަތްކުރިނަމަ، ބާސެލޯނާގެ ކެޕްޓަން އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯފަދަ މޮޅު ކުޅުންތެރިއަކަށް ވެވުނީސްކަމަށް ނެދަލޭންޑްގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ވެސްލީ ސްނައިޑާ ބުނެފިއެވެ.

ރެއަލްމެޑްރިޑާއި އިންޓަރމިލާންއަށް ކުރިން ކުޅުނު ސްނައިޑާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ އިންޓަރމިލާންގައެވެ. ސްނައިޑާ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އުމުރުން 35 އަހަރުގެ ސްނައިޑާބުނީ، މެސީ އަދި ރޮނާލްޑޯފަދަ ކުޅުންތެރިއަކަށް އޭނާއަށްވެސް ވެވުނީސްކަމަށާއި، ނަމަވެސް ފުޓްބޯޅައާއި އޭނާ މަގަޔާނުވެވުމުގެ ސަބަބުން ދިރިއުޅުމުގައި މަޖާ ނެގުނީކަމަށެވެ. އެހެންނަމަވެސް އުންމީދުނުކުރާފަދަ ކާމިޔާބީތަކެއް ކެރިއަރުގައި އޭނާއަށް ލިބިފައިވާކަމަށް ސްނައިޑާ ބުންޏެވެ.

އެގޮތުން ކެއުމަށާއި ބުއިމަށް މާ ބޮޑު އަހަމިއްޔަތުކަމެއް ދީފައިނުވާކަމަށް އޭނާ ބުންޏެވެ.

ސްނައިޑާ ބުނީ، މެސީ އާއި ރޮނާލްޑޯ އަކީ ތަފާތު މޮޅު ދެކުޅުންތެރިންކަމަށާއި، އެ މަޤާމަށް އެ ދެކުޅުންތެރިނަށް އާދެވިފައިއެވަނީ ދިރިއުޅުމުގައި އެތަކެއް ޤުރުބާނީ ވެގެންކަމަށްވެސް ސްނައިޑާ ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެސީއަކީ މިހާރު ދުނިޔޭގައި މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ދެކުޅުންތެެރިންކަމަށް ޤަބޫލުކުރާ އެތަކެއް ސަޕޯރޓަރުންނެއްވެއެވެ. އަދި ފުޓްބޯޅައިގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ދެކުޅުންތެރިންނަކީ މިއީކަމަށް ޤަބޫލުކުރާ މީހުން ވަކި މަދެއް ނުވާނެއެވެ.

ބެލޮންޑިއޯ އެވޯޑު މެސީ މިހާތަނަށް 6 ފަހަރެއްގެ މަތިން ހޯދާފައިވާއިރު، ރޮނާލްޑޯވަނީ 5 ފަހަރެއްގެ މަތިން މިއެވޯޑު ހޯދާފައެވެ. 2008 ވަނަ އަހަރުން ފެށިގެން 2019 އާއި ހަމައަށް ބަލާލާއިރު މެސީ އަދި ރޮނާލްޑޯގެ އިތުރުން މިއެވޯޑު ލިބިފައިވަނީ އެންމެ ކުޅުންތެރިއަކަށެވެ. އެއީ 2018 ވަނަ އަހަރުއެވެ. އެއަހަރު މިއެވޯޑު ޙާސިލްކޮށްފައިވަނީ ކޮރޭޝިއާގެ މެދުތެރެއަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ