ޣައްސާން މައުމޫން / ފޮޓޯ: މިހާރު

ސިފަބަދަލުކޮށްގެން ކަންބަޅިއެއްގެ ކެހެރިތެރޭ އޮތަސް ހިޔަޅެއް ވާނީ ހިޔަޅަކައް!

ސިފަބަދަލުކޮށްގެން ކަންބަޅިއެއްގެ ކެހެރިތެރޭ އޮތަސް ހިޔަޅެއް ވާނީ ހިޔަޅަކައް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މެމްބަރު ޣައްސާން މިހެން ވިދާޅުވެފައި މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މެމްބަރު ޣައްސާން ވިދާޅުވީ، ކަންބަޅިއެއްގެ ކެހެރިތެރޭ ސިފަ ބަދަލުކޮށްގެން އޮންނަ "ހިޔަޅެއް" އެ ވާނީ ހަމަ "ހިޔަޅަކަށް" ކަމަށެވެ. އަދި 1983 އަހަރާއި 3/44/88 އަދި 8/01/2008 ގައި ބައްޕަގެ (ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް) މަރާލަން ދިން ހަމަލާގެ އަޑީގައި ތިބީ ކޮންބައެއްތޯ ސުވާލުކުރައްވާފައެވެ.

" 90ގެ އަހަރުތަކުން ފެށިގެން ކީހާ އެއްޗިހި ހަނދުމަ ނެތުނީތޯ؟" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ، 2009 ވަނަ އަހަރު ގޭދޮށައްގޮސް އެއްވެ، އަލިފާން ބޯޅަ އުކާ، ގައު އުކާ، ދޮރުވައްޓާލައި ވަންނަން އުޅުނީ ކޮންބައެއްތޯވެސް ސުވާލުކުރައްވާފައެވެ.

"ފެނާ ތެލާއި އެކެއް ނުވާނެ. ލޭ އޮލަވާނެ. އޮޅިގެންވެސް އުޅޭނީ ކޮންބަޔަކަށް ބާ" ޣައްސާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ