ޣައްސާން ކޮވިޑް-19 އަށް ނެގެޓިވް

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ވިދާޅުވެއްޖެ އެވެ.

ޣައްސާން މައުމޫން ކޮވިޑް-19 އަށް ޓެސްޓް ހަދާފައިވަނީ އޭނާގެ ބައްޕަ، ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދައިރެކްޓް ކޮންޓެކްޓް އަކަށް ވެފައިވާތީ އެވެ.

ޣައްސާން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ވާހަކަ ހިއްސާ ކުރާ ކަމަށާއި އޭނާގެ ލޮބުވެތި ބައްޕަ އަށާއި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެންމެންނަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިހްލަސްތެރި ހިދުމަތް ގާތުން ދެކެމުން، ހިފެހެއްޓުމެއް ނެތި ހިތުގެ ލޯތްބާއި ޝުކުރު ދަންނަވާ ކަމަށެވެ.

މަޢުމޫން ޢަބްދުލް ޤައްޔޫމް ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫނަކީ ކޮވިޑް-19 ހައިރިސްކް ބޭފުޅެކެވެ. މިއީ، ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތާ ގާތްގަނޑަކަށް ހައެއްކަ މަހުގެ ތެރޭގައި ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ