މިއަދު މަޖިލީގުގައި ފެނިގެންދިޔައީ ދިވެހިންގެ އަސްލު ސިފަ: ޣައްސާން

މިއަދު މަޖިލީގުގައި ފެނިގެންދިޔައީ ދިވެހިންގެ އަސްލު ސިފަ ކަމަށް  ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމްގެ މަޖިލީހުގައި ހުންނަވަނިކޮށް ހާލުދެރަވި ވަގުތު މެމްބަރުން ދެއްވި އެހީތެރިކަމުގެ ސަބަބުންނެވެ.

ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގައި ހުންނަވަނިކޮށް ޝިޔާމް ބަލިވި ވަގުތު ފެނިގެންދިޔައީ ދިވެހިންގެ އަސްލު ސިފަ ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުމަކަށް ބެލުމެއްނެތި އެހީތެރިވެދެއްވިކަމަށެވެ.

ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ކަމަށާއި އަދި ޝިޔާމް އަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރާ ކަމުގައި ޣައްސާން ވިދާޅުވިއެވެ.

އަހްމަދު ޝިޔާމް ސިއްހީ ފަރުވާ ދިނުމަށް އެޑީކޭ ހޮސްޕިޓަލަށް ގެންދެވި އަދި ޓެސްޓްތައް ހަދަމުންދާ ކަމަށް ޕީޕީއެމް އިން ވިދާޅުވިއެވެ.

މައުލުމާތު ލިބޭ ގޮތުގައި ޝިޔާމްގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.

އެމްޕީ ޝިޔާމްގެ ހާލުދެރަވެގެން ފަރުވާދޭން ފަށައިފި

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ