ކޮވިޑް-19: ޗައިނާގައި ހާލު ގޯސްވެގެން ފަރުވާ ހޯދަމުންދަނީ އެންމެ މީހެއް!

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީއިން ފެނުން ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19)އަށް މިހާރު ޗައިނާގައި ހާލު ގޯސްވެގެން ފަރުވާ ހޯދަމުންދަނީ އެންމެ މީހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވައިފިއެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ޗައިނާގައި 83,043 މީހަކު މިބަޔައް މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން 4,634 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. އަދި ފަރުވާކުރެވި 78,351 މީހަކުވަނީ ރަނގަޅުކުރެވިފައެވެ.

ޗައިނާގައި 58 މީހަކަށް މިހާރު ފަރުވާ ކުރަމުންދާއިރު، އޭގެ ތެރެއިން އެންމެ މީހަކު ފިޔަވާ އެހެން ފަރާތަކުގެ ހާލަތު ރަނގަޅުކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޗައިނާގައި މިބަލި މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، އެގައުމުގައި އެއްދުވަހާއި އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު ޗައިނާގައި 14108 މީހަކަށް އެޤައުމުން ކޮވިޑް-19 ޖެހިފައިވެއެވެ.

މުޅިދުނިޔެއިން މިހާތަން 7.2 މިލިއަން މީހުނަށް ކޮވިޑް-19 ޖެހިފައިވެއެވެ. މީގެތެރެއިން 3.5 މިލިއަން މީހުން ރަނގަޅުވެފައިވާއިރު، މިބަލީގައި 408,968 މީހަކުވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ