އަނިޔާއަށްފަހު، ޓީމާއެކު މެސީ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ

އަނިޔާއަށްފަހު، ޓީމާއެކު ފަރިތަކުރުންތަކުގައި ކެޕްޓަން ލިއޮނަލް މެސީ ބައިވެރިވެއްޖެއެވެ.

ފަރިތަކުރުން ކުރިއަށް ގެންދަނިކޮށް މެސީއަށް އަނިޔާވެފައިވަނީ މިދިޔަ ހަފްތާގައެވެ. މެސީގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެސީގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ޓީމާއި ވަކިންނެވެ. އެހެންނަމަވެސް މެސީވަނީ މިއަދު ޓީމާއެކު ކޭމްޕްނޯގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

މިއީ ހަމަގައިމުވެސް މެސީގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފާވެރި ޚަބަރެކެވެ.

މިސީޒަންގެ ލަލީގާގައި މިހާތަނަށް ކުޅުނު 22 މެޗުން ކާމިޔާބުކޮށްދިން 19 ލަނޑާއެކު މެސީ އޮތީ މިސީޒަންގެ ޓޮޕް ސްކޯރާރގެ މަޤާމުގައެވެ. 14 ގޯލާއެކު މިލިސްޓްގެ ދެވަނާގައި އޮތީ ކަރިމް ބެންޒެމާއެވެ. އަދި ލުއިސް ސުއަރޭޒްއަށް ތިންވަނަ ލިބެނީ މިހާތަނަށް މިސީޒަނގެ ލަލީގާގައި އޭނާ ކާމިޔާބުކުރި 11 ލަނޑާއެކުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފެއްޓުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، އަންނަ ހަފްތާގައި ކުޅޭ ފުރަތަމަ މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ނުކުޅެވިދާނެކަމުގެ ބިރު ހީވެފައިވާކަމަށް އަޑުތައް ފެތުރިފައިވީނަމަވެސް، ބާސެލޯނާގެ ފުރަތަމަ މެޗަށް މެސީ ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ކިކޭ ސެޓިއެންވަނީ ބުނެފައެވެ.

ލަލީގާގައި ކޮންމެ ޓީމެއް ބާކީ 11 މެޗު ކުޅެން އޮތްއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އެހެންކަމުން މި 11 މެޗަކީ 11 ފައިނަލްކަމުގައި ބާސާ އަދި ރެއަލްމެޑްރިޑުން އަންނަނީ ސިފަކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 11 ގައެވެ. މެޗުތައް ފުލުފުލުގައި ކުޅޭގޮތަށް ރާވާފައި އޮތްއިރު ކޮންމެ ހަފްތާއަކު ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ