އިތުރު 15 ރަށެއްގައި ޕާކު އަޅާނެ ސާމާނު ގެނެސްފި

އިތުރު 15 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅާނެ ސާމާނު ގެނެސްފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިތުރު 15 ރަށެއްގައި ކުޑަކުދިންގެ ޕާކް ވަނީ ލިބިފައި ކަމަށާއި، އެހެން ރަށްރަށުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށެވެ.

މިފަަހަރު ޕާކު އަޅާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ފ.މަގޫދޫ، އދ.އޮމަދޫ، ކ.ދިއްފުށި، ފ.ފީއަލި، އދ.ދަނގެތި، އދ.ދިގުރަށް، ކ.ކާށިދޫ، ފ.ދަރަނބޫދޫ، މ.ދިއްގަރު، ހއ.ކެލާ، ގދ.ނަޑެއްލާ، ނ.މާފަރު، ލ.ފޮނަދޫ، ރ.މަޑުއްވަރީ، އަދި އއ.ހިމަންދޫ އެވެ.

މި 15 ރަށުގެ ޕާކު އަޅާ ސާމާނު މިވަގުތު ހުރީ ގަލޮޅު ދަނޑުގައި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ