ޓުއަރިޒަމް އިޝްތިހާރު ކުރަން އަލީ ވަހީދު ކުޅުނު ވީޑިއޯ އަށް ހަރަދުވީ 3000 ރުފިޔާ

ކޮވިޑް-19 ގެ ސަބަބުން ދިވެހި ރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓިފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލުމަށްޓަކައި ޓުއަރިޒަމް އިޝްތިހާރު ކުރަން ތައްޔާރުކުރި ވީޑިއޯއަށް ހަރަދުވީ 3000 ރުފިޔާ ކަމަށް މިނިސްޓާރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަންނަ ޖުލައިމަހު ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާނެކަން އިއުލާނު ކުރެއްވުމަށް ޓުއަރިޒަމް މިނިސްޓްރީންް ތައްޔާރުކޮށްފައިވަނީ 56 ސިކުންތުގެ ވީޑިއޯ ކްލިޕް ކޮޅެކެވެ. މި ވީޑިއޯގައި އެކްޓް ކޮށްފައިވަނީ މިނިސްޓާރ އަލީ ވަހީދެވެ.

މި ވީޑިއޯގެ މަސައްކަތަކީ ޓްއަރިޒަމް މިނިސްޓްރީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތެއް ކަމަށް މިނިސްޓާރ އަލީ ވަހީދު ވަނީީ ވިދާޅުވެފައެވެ. އަދި މިނިސްޓަރ ކުރެއްވި ޓްވީޓްގައި 4 މުވައްޒަފެއްގެ ނަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެންމެފުރަތަމަ ފަތުރުވެރިކަން ރާއްޖޭގައި ފެށުނީ 1972 ގައި ކަމަށާއި އަނެއްކާވެސް އުންމީދަކީ މި  ޖުލައިމަހު ފަތުރުވެރިކަން ފެށުންކަމަށް އަލީވަހީދުވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ