މިއީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަންވީ ވަގުތު : އިމްރާން

މިއީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނަސް ފުލުހުން ރިފޯމް ކުރަންވީ މުހިންމު ވަގުތު ކަމަށެވެ.

އިމްރާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލްގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިޔަށްދާކަމީ ލިބޭ އުފަލެއް ކަމަށެވެ. ބިލް ޤާނޫނަކަށްވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ގުޅޭ ކަންކަން ފުރިހަމަޔަށް ތަރުތީބު ކުރެވި، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކަންކަން ފުރިހަމަޔަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

އަދި ރައްޔިތުން އެދޭ ފަދަ ހިދުމަތެއްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ޔަޤީން ކުރައްވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފައްޓަވައިފައެވެ. މި ބިލަށް ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވަނީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރެވޭ ބައެއް ފުލުހުންވެސް، ފުލުހުންގެ މުއައްސަސާގައި އެބަ ތިއްބެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއަދު މަޖިލީހުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. علي وحيد

    ފުލުހުންގެ އިދާރާ ރިފޯމްކޮށް قانون އަށް ބަދަލު ގެނެސް ހަދާއިރު ފުލުހުންގެ އިދާރާ އަށް ރަށްޔިތުން ބޭނުންވެގެން ގެންނަން ޖެހޭ ބަދަލަކީ ކޮބައިކަން ސޭކު އިމްރާނައް އެނގޭބަ ރަށްޔިތުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންބާ ނޫނީ އެއިރެއްގަ ސަރުކާރުގަ ހިންގަން حول ވެ އޮތް ޕާޓީއެއް ރުހޭ ގޮތައް قانون އަށް ބަދަލު ގެނައުންބާ ނޫނީ ސޭކު އިމްރާނު އަށް ރަށްޔިތުން އެދޭ ބަދަލު އެނގެނީބާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ