އޭއެފްސީ އެންމެ ހިތްގައިމު ސޯލޯ ގޯލުގެ ގަދަ 5 ގައި ދަގަނޑޭ!

އޭއެފްސީ ކަޕްގެ އެންމެ ހިތްގައިމު ސޯލޯ ފަސް ގޯލުގެ ތެރޭގައި ދިވެހި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ މޮޅު ހިތްގައިމު ގޯލެއްވެސް ހިމެނިއްޖެއެވެ.

ދަނގަޑޭގެ މިގޯލަކީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް ދަގަނޑޭ ޖަހާދިން ގޯލެކެވެ.

ކޮންމެ އަހަރުވެސް ބާއްވަމުން އަންނަ އޭއެފްސީ ކަޕްގެ ދަނގަޑޭ މިގޯލަށް 7 އަހަރުވެފައިވީ ނަމަވެސް އަދިވެސް ގިނަބެއްގެ މެދުގައި މިގޯލަކީ ހިތްގައިމު ގޯލެކެވެ.

އާންމުންގެ ތެރޭގައި މިގޯލު މަގްބޫލްކަން ހޯދާފައިވަނީ ދަނގަޑޭގެ ހުނަރުވެރިކަމާއި، މޮޅުކަން މިގޯލުން ފެނިގެންދާތީއެވެ.

މިގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް އުމޭރު ފަހިކޮށްދިން ބޯޅައަކުން އޮފްސައިޑް ނުވާގޮތައް ޕާސިބޯގެ އޭރިއާ ތެރެއަށް ދަގަނޑޭވަދެ އޭނާގެ އާދަޔާ ހިލާފު މޮޅު ހުނަރު ބޭނުންކޮށްގެން ޖަހާދިން މޮޅު ލަނޑެކެވެ.

? Stand by for 5️⃣ stunning solo goals from the #AFCCup. But who did it BEST? ?️ VOTE for your favourite ? https://bit.ly/3hnPhfV

Posted by AFC Cup on Wednesday, June 10, 2020

އެފްސީ ކަޕްގެ އެންމެ ހިތްގައިމު 5 ގޯލުގެ ތެރޭގައި ދެން ހިމެނޭ ގޯލްތަކަށް ބަލާލާއިރު، 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލާއި، 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަޓް ސިންހް ޖެހި ގޯލާއި، 2015 އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލްގެ އިތުރުން 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ