މީސްމީޑިއާ މެދުވެރިކޮށް މަޝްހޫރު ފަރާތްތައް އެމީހުންގެ މަޤުބޫލުކަން ދަމެހެއްޓާ، އާއްމުންގެ ސަމާލުކަން ހޯދުމަށް އެކި ކަންކަން ކޮށް އުޅެއެވެ. އޭގެތެރެއިން އެއްކަމަކީ، އެމީހުންގެ ފޭނުންނަށް ނުވަތަ ސަޕޯޓަރުންނަށް ހިލޭ ދޫކޮށްލާ އަގުބޮޑެތި ހަދިޔާތަކެވެ. އެގޮތުން އިންސްޓަގްރާމް އަކީ، ފަންނާނުންގެ މެދުގައި މިކަމަށް އެންމެ މަޝްހޫރު ޕްލެޓްފޯމެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް މި ހަރަކާތް ހިންގާ އަގުބޮޑު ހަދިޔާތައް ފޭނުންނަށް ދިނުން މިވަނީ އާއްމުވެފައެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން (ކައި)ވެސް، އޭނަގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޯވާސްގެ އަދަދު 100،000 އަށް އެރުމާއެކު އެކަމުގެ އުފަލުގައި 3000 ޑޮލަރު، ގިވްއަވޭ ގޮތުގައި ދޭން މި ވަނީ ނިއްމާފައެވެ.
މިކަން އިއުލާންކޮށް ކައި އޭނަގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ ޕޯސްޓްގައި ބުނީ، މިއީ އިންސްޓަގްރާމްގައި އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކައަށް އެރުމުގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދަތި އުނދަގޫތައް ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވުމުގެ މަޤުސަދުގައި، އޭނަގެ ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭ 3000 ޑޮލަރުގެ ގިވްއަވޭއެއް ކަމަށެވެ.
ކައި މިވާހަކަ މިއަދު އޭނަގެ ރަސްމީ އިންސްޓްގްރަމްގައި އިޢުލާންކުރުމާއެކު، ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް އަންނަނީ ލިބެމުންނެވެ. އަދި މިކަން އިއުލާންކޮށް އިންސްޓަގްރާމް ގައި ކައި ހިއްސާކުރި ފޮޓޯއިގައި ކައި ހުރީ ވަރަށްވެސް ފުރިހަމަކޮށް ނަލަހެދިލައިގެންނެވެ. އެހެންކަމުން މި ފޮޓޯވެސް މީސްމީޑިއާގައި ދަނީ ވަރަށް ބޮޑަށް ވައިރަލް ވަމުންނެވެ.
View this post on InstagramA post shared by KAIZEEN (@kai_zeen) on
ކައިޒީން ފާހަގަކުރިގޮތުގައި، އޭނައަށް ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީގައި، އޭނަގެ ސަޕޯޓަރުންގެ ހިއްސާވަރަށް ބޮޑެވެ. އެހެންކަމުން، ކައިގެ މަސައްކަތުގެ ތެރެއިން، ފޯޓޯ ޝޫޓުތަކާއި އަދި އެހެނިހެން ސޯޝަލް މީޑިއާ ހަރަކާތްތަކުން ލިބިފައިވާ ފައިސާ 3 ނަސީބުވެރިއަކަށް ދޭނެއެވެ. އެހެންކަމުން، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 1000 ޑޮލަރު ލިބިގެންދާނެއެވެ.
ކައި ދޫކޮށްލާ މި ފައިސާގެ ނަސީބުވެރިއަކަށް ވުމަށް ކުރަން ޖެހޭނެ ކަމަކީ، ފުރަތަމަ އޭނަގެ އިންސްޓްގްރަމް އެކައުންޓަށް ފޮލޯ ކުރުމެވެ. މި ގިވް އަވޭ ޕޯސްޓަށް ލައިކް ދީ، އިތުރު 3 ރައްޓެއްސަކަށް ޓެގް ކުރުމެވެ. އެއަށްފަހު މި ގިވްއަވޭ އެމީހަކަށް ހައްޤުވާ ސަބަބު ލިޔުމަށްފަހު، އިންސްޓަގްރަމް ސްޓޯރީގައި މި ޕޯސްޓް ހިއްސާކުރުމުން ނިމުނީއެވެ.
މި މަހުގެ 27 އާ ހަމައަށް މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ގިވްއަވޭ ލިބޭ ފަރާތްތައް އިއުލާންކުރާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން، މި ގިވްއަވޭ ހަދިޔާ ލިބޭތޯ އަޅެ ނަސީބު އަގު ވަޒަންކޮށްލަމާތޯއެވެ؟




8 Responses
ކޮބާ މަގޭ ކޮމެންޓޫ
Mioh huriha dhuvahu Facebook ga kai ge photo thah share koh hajoo jehi meehunthah miadhu enme 3000 dollar ah viki husvejje
Oriyaamun hure nagaa photo social media ga jahaa mash hooruvegen hoadhaa haraan laarieh beynumeh noon. In Sha Allah thi laari nulibunas ulheveyne. Allah kaizeen ah heyo visnun dhevvaa thedhumagu dhakkavaashi. Aameen
ޙަހަހަ ފާޒިލް އޯ
ލޮލް! ކުރީގެ ހަބަރު ކޮޕީ ޕޭސްޓް ކުރަން ހަދައިގެން ފާޒިލް އޭ ޖެހިފަ ތިއޮތީ
mihgothah ulhey meehunahves thaaeedhu kuraameehun raajeyga varah gina.ehnveema emeehunnah ehn ulhen ekereni.emeehunge photo takaa ehchehsah meehun kohfahun comments fenifa hithah araa hama muslimun baaey mives. mikahala kanthathakah mivarah thaaeedhu mikurani.heyo visnun dhehvaashi.Aameen
Vefintha? Thiheneh nuliyaane suruhee liyaa iruves article liyaa iruves dhivehi baskoashaaru rangalhah beynun kuran dhaskohbala.. v
ރަނގަޅު ގޮތް ލިޔުނު ނަމަ ހާދަ ރަނގަޅުވީހޭ ދޯ…