ޗައިނާގައި ޓޭންކް ޓުރަކެއް ގޮވައި 10 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

ޗައިނާގައި ޓޭންކް ޓުރަކެއް ގޮވައި 10 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ މިއަދު ހަވީރު ޗައިނާގަޑިން 4:40 ހާއިރު ޗައިނާގެ އިރުމަތީގެ ޗުއަޖިއާންގް ޕްރޮވިންސް ގައެވެ. މިހާދިސާގައި މިހާތަނަށް 10 މީހުން މަރުވެފައިވާކަން ރިޕޯޓްކޮށްފައިވާއިރު 117 މީހުންވަނީ ޒަހަމްވެފައެވެ.

ޗައިނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޓޭންކް ޓުރަކު ގޮވުމުގެ ސަބަބުން އެސަރަހައްދުގައު ހުރި ގިނަ ގެތަކާއި ފެކްޓުރީ ވޯރކްޝޮޕްތައްވެސްވަނީ ހަލާކުވެފައެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިތަންތަނުގެ ދަށުވެފައިވާ ފަރާތްތައް ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޗައިނާގެ މިނިސްޓުރީ އޮފް އެމަރޖެންސީ މެނޭޖްމެންޓުން ބުނެފައިވަނީ، މިހާދިސާ ހިނގިތަނަށް 138 އަލިފާން ނިއްވާ މީހުންނާއި އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ 34 ލޮރީ ފޮނުވާފައިވާ ކަމަށެވެ. މީގެއިތުރުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިވާން އިތުރު 316 މީހުން ފޮނުވަން ނިންމައިފައިވާ ކަމަށެވެ.

މަންޒަރުދުއް ފަރާތަކުން އެހާދިސާ ސިފަކުރަމުން ބުނެފައިވަނީ، ޓޭންކް ޓުރަކު ގޮވައިފައިވަނީ ވަރުގަދަ އަޑަކާއެކީ ކަމަށާއި އެ ގޮވުމާއެކު އޭނާ ހުރި ގޭގެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ