ރަވީ ފާރޫޤްގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދިން ބައިސްކޯފުގެ މަޤުބޫލު ވެބް ސީރީޒް "އެހެނަސް" ގެ ފުރަތަމަ ސީޒަންގެ ކާމިޔާބީއަށްފަހު، ދެވަނަ ސީޒަން ދައްކަން މި ވަނީ ކުޑަދުވަސްކޮޅަކަށްވެފައެވެ. ޝައުގުވެރި އެތައް ކަންތައްތަކަކާއެކު، ސީޒަން އެކެއް ނިއްމާލިއިރު، އެންމެ ގިނަބަޔެއްގެ ސަމާލުކަން ދަމައިގަތީ، ފަހު މަންޒަރުން ފެނިގެންދިޔަ، ނިޔާގެ އަންހެނުން ޝާއިރާއަށެވެ. އަދި މި ސީރީޒް ބަލައި ފަރާތްތަކުން އެންމެ އޮޅުން ފިލުވަން ބޭނުންވަނީވެސް، ޝާއިރާގެ ހަޤީގަތެވެ.
މި ސީރީޒްގައި ޝާއިރާގެ ކެރެކްޓަރ ކުޅެދީފައި ވަނީ، މަޝްހޫރު އެކްޓްރެސް ރިޝްމީއެވެ. ސީޒަން ދެއެއްގެ ޓްރެއިލާ ދައްކާލައިފައިވާއިރު، މި ޓްރެއިލާއިން ފެނިގެންދިޔަ ޝާއިރާގެ މަންޒަރުން މި ކެރެކްޓަރ އަކީ ސީރީޒްގެ އެންމެ ވަރުގަދަ ކެރެކްޓަރކަން ހާމަވެގެންދިޔައެވެ.އަދި ޓްރެއިލާއިން ފެނިގެންދިޔަ ރިޝްމީގެ މި އެކްޓިންއަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ސީޒަން ދެއެއްގެ،ޕްރޮމޯޝަނަލް ފޮޓޯތަކުން ސީރީޒްގެ ތަރިންގެ ފެނިލުންތައްވެސް މިހާރު އާއްމުކޮށްފައިވާއިރު، އެންމެ ގިނަ ބަޔަކު އަޅައިގަތީވެސް ރިޝްމީގެ ފެނިލުންތަކަށެވެ. އެގޮތުން ދާދިފަހަކުން ރިޝްމީ ވަނީ، އޭނަގެ އިންސްޓަގްރާމް އެކައުންޓްގައި، އެހެނަސް ސީޒަން ދެއެއްގެ ޕްރޮމޯޝަލް ފޮޓޯ ޝޫޓުގެ ތެރެއިން ރިޝްމީގެ 4 ފެނިލުމެއް ދައްކާލައިފައެވެ.

އެހެނަސް ސީޒަން ދެއެއްގެ ޕްރޮމޯޝަލް ފޮޓޯ ޝޫޓުގެ ތެރެއިން، ނަގާފައިވާ ރިޝްމީގެ ފޮޓޯތައް ފޭނުންނަށް ދައްކާލައިފައިވާއިރު، މި ކޮންމެ ފެނިލުމެއްގައިވެސް ރިޝްމީ ފެންނަނީ، މުޅިން ތަފާތުކޮށެވެ. އަދި މި ފެނިލުންތައް ވަރަށް ވެސް ހިތްގައިމެވެ.

މި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރުމާއެކު، ރިޝްމީގެ ފޭނުންނަށް މި ފޮޓޯތައް ވަރަށް ކަމުގޮސްފައިވެއެވެ. އެގޮތުން އޭނަގެ ގިނަ ފޭނުން އިންސްޓަގްރާމްގައި މި ފޮޓޯތައް އެކި ގޮތްގޮތަށް ދައުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޭ
ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ” ގެ މައްޗަށް އުފެއްދި މި ވެބް ސީރީޒްއަކީ، މުޖުތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން ޖިންސީ ގޯނާ އާއި ބުލީ ގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުއްޖެއްގެ ހަޔާތުގައި ހިނގާ ހިތްދަތި ހާދިސާތައް މި ސީރީޒްގައި ދައްކުވައިދެއެވެ.
އެހެނަސްގެ ސީޒަން ދެއެއް ބައިސްކޯފުން ދައްކަން ފަށާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.




ހިޔާލު
hoon.dayana dhuniye huri nama ladhun issjehees