"އެހެނަސް" އިޖްތިމާޢީ މިންގަނޑުން ބޭރުވަނީ!

ބައިސްކޯފުން ގެނެސްދެމުން އަންނަ ރަވީ ފާރޫޤްގެ ކާމިޔާބު ވެބް ސީރީޒް “އެހެނަސް”ސީޒަން ދެއެއް މިދިޔަ މަހު ދައްކަން ފަށާފައިވާއިރު، ދެވަނަ ސީޒަންގެ މަންޒަރުތަކެއް ރިކޯޑުކޮށް އެ މަންޒަރުތައް ލީކް ކޮށްލުމާއެކު މީސްމީޑިއާގައި މިހާރު އަންނަނީ މި ވީޑިއޯ ކްލިޕްތައް ދައުރުވަމުންނެވެ. މި މަންޒަރުތަކުން ހަޑި ހުތުރު ބަހުން ވާހަކަތައް ދައްކާ އަޑު އިވިގެންދާތީވެ، އާއްމުންގެތެރެއިން ގިނަބައެއްގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ މި ސީރީޒަށް އަމާޒުވެފައެވެ.

ބައިސްކޯފުން ރިކޯޑުކޮށް މީސްމީޑިއާގައި ލީކްކޮށްލާފައިވާ "އެހެނަސް" ސީޒަން ދެއެއްގެ މި މަންޒަރުން، ސީރީޒްގައި އުޅޭ "ޝާއިރާ"ގެ ކެރެކްޓަރ ކުޅެދީފައިވާ އެކްޓަރު އައިޝަތު ރިޝްމީ އާއި، ލީޑު ކެރެކްޓަރ "ނިޔާޒު"ގެ ކެރެކްޓަރ ކުޅެދީފައިވާ އެކްޓަރު މުޙައްމަދު ވިޝާލު ފެނިގެންދާއިރު، މި މަންޒަރުގައި ރިޝްމީ ހުތުރު ބަހުރުވައިން ވާހަކަ ދައްކާ އަޑުއިވިގެންދެއެވެ.

މި މަންޒަރުތައް މީސްމީޑިއާގައި ދައުރުވެ ވަރަށް ބޮޑަށް ވައިރަލް ވެފާވާއިރު، ގިނަބަޔަކު ބުނަމުން އަންނަނީ މި ސީރީޒްގައި ދައްކަނީ، ދިވެހި މުޖުތަމަޢުގެ މިންގަނޑުތަކާއި ނުގުޅޭ އަޑުތަކާއި މަންޒަރުތައް ކަމަށެވެ. އަދި މި ސީރީޒްގައި ރިޝްމީ އަދާކޮށްފައިވާ ކެރެކްޓަރ އަށްވެސް ގިނަ ބަޔަކު ވަނީ ފަޑުކިޔުން އަމާޒުކޮށްފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ވައިރަލްވުމާއެކު، ރިޝްމީ ބުނެފައިވަނީ، މި ސީރީޒްގައި ފެނިގެންއެދަނީ އޭނާ އަދާކޮށްފައިވާ ކެރެކްޓަރ ކަމަށާއި، އަދި އަމިއްލަ ދިރިއުޅުމުގައި ރިޝްމީއަކީ އަބަދުވެސް އަހްލާޤް ހިފެހެއްޓުމަށް މަސައްކަތް ކުރާ ފަރާތެއްކަމަށެވެ. އަދި މި ސިރީޒްގެ މަންޒަރުތައް އެގޮތަށް ގެނެސްދީފައިވަނީ، މިއީ މުޖުތަމަޢުގައި އަސްލަށްވެސް ހިނގާކަންކަމަށް ވާތީވެ، މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އެހެނަސް" ސީރީޒް އަކީ، ވާހަކަ ލިޔުންތެރިޔާ "އަހުމަދު އިގްބާލް" ގެނެސްދިން މަޤުބޫލުވެގެންދިޔަ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް ބިނާކޮށް ރަވީ ފާރޫޤް ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ. އަދި މި ވާހަކައިގައި ކިޔައިދެނީ ޖިންސީ ގޯނާ އާއި ބުލީ ގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ހިތްދަތި ހާދިސާތަކެކެވެ. އެގޮތުން މި ފިރިހެންކުއްޖާއަށް، ގޭތެރެއިންނާއި އަދި މުޖުތަމަޢުގެ ތެރެއިންވެސް ޖިންސީ ފުރައްސާރައާއި ކުރިމަތިލާންޖެހެއެވެ.

މި ސީރީޒްގައި ކިޔައިދޭ ވާހަކައަށް އަލިއަޅުވާލާ ރިޝްމީ ބުނީ، މިއީ "އަހުމަދު އިގްބާލް" އަށް ދިމާވެފައިވާ ފުރައްސާރައާއި ގުޅިގެން މުޖުތަމައު ތެރޭގައި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކުޅެފައިވާ ސީރީޒް އެއް ކަމަށާއި، އަދި މިއީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްފައިވާ ސީރީޒްއެއްކަމަށެވެ.

އެގޮތުން މި ސީރީޒް އާއްމުންނަށް ފެންނަހެން ޓީވީ ޗެނަލަކުން ނުދައްކާ، ފައިސާ ދައްކައިގެން ބެލޭނެގޮތަށް އޮންލައިން ޑިޖިޓަލް ޕްލެޓްފޯމު "ބައިސްކޯފު"އަށްވެސް ލާފައިވަނީ މި ސަބަބާއި ގުޅިގެންކަމަށެވެ. އެހެންކަމުން މި މަންޒަރުތައް ރިކޯޑުކޮށް ކުޑަކުދިންނަށް ފެންނަހެން މީސްމީޑިއާގައި ދައުރުކުރުމުން އެނގިގެންދަނީ، އެމީހެއްގެ ކިބައިގައި ރައްޔިތެއްގެ ހައިސިއްޔަތުން އެއްވެސް ކަހަލަ އަހުލާގެއް ނެތްކަމަށްކަމަށެވެ. .އަދި އާއްމުފަރާތްތަކުން މިފަދަކަންކަން ކުރުމުން ރިޝްމީމެން ހިމެނޭގޮތަށް އެކްޓަރުގެ ކުއްވެރިވެ އަގުވެއްޓިގެންދާކަމަށް ރިޝްމީ ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބައިސްކޯފުން ގެނެސްދޭ އުފެއްދުންތަކަކީ، ކޮޕީރައިޓްސް ހުންނަ އުފެއްދުންތައް ކަމަށާއި، އޭގެ މަންޒަރުތައް ވިޑިއޯ ނަގާ އާއްމުކުރުމަކީ ކުށެއްކަމަށާއި އަދި އެމީހަކާ ދޭތެރޭ ބައިސްކޯފަށް ފިޔަވަޅުވެސް އެޅޭނެ ކަމަށް ރިޝްމި ބުނެފައިވެއެވެ.

ގިނަބަޔެއްގެ ފާޑުކިޔުން މި ސީރީޒްއަށް އަމާޒުވެގެންދިޔަނަމަވެސް، ރިޝްމީގެ މި ވާހަކަތަކަށް ގިނަ ބަޔަކު ތާއިދުކޮށް ހިތްވަރު ދީފައިވެއެވެ.

"އެހެނަސް" އަކީ، ޖިންސީ ފުރައްސާރައާއި ބުލީ ކުރުމުގެ އިތުރުން، މުޖުތަމަޢުގައި ހިންގާ ތަފާތު މައްސަލަތަކަށް އަލިއަޅުވާލާފައިވާ ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެހެނަސްގެ ފުރަތަމަ ސީޒަންއަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއްވެސް ލިބިގެންގޮސްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މައުލުމާތު ސާފުކުރުމަށް މި ނޫހުން، "އެހެނަސް"ގެ ޑައިރެކްޓަރ، ރަވީ ފާރޫޤް އަށް ގުޅުމުން ރަވީގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

މިލިޔުން ކިޔާލުމުން
118
ގުޅުންހުރި ލިޔުންތައް

2 Responses

  1. ނ

    މީއިންޑިޔާނަމަ ގޭދޮށަށް އެއްވެމުޒާހަރާކުރީސް ރާއްޖޭގެ ފިލްމުންޓާރުން ކިތަންމެ ދަށުދަރަޖައަކަށް ވެއްޓުނަސް އެފަދަ ކަމެއް ނުކުރާނެ . ބޮޑީއަށް ޕްރިންޓް ކުރި އިންޑިޔާގެ ފިލްމުސްޓަރަކު ނޮލާލަން ދިމާކޮއް އެނާގެ ފިލްމު ތައް ބޮއިކޮޓް ކުރަން ގޮވާހެދި . ދެން މިބަޔަކު ނިކުމެ ގުޅޭ ފިލްމު ކޮން ހާލެއްބާ ހުންނާނީ . ހޭލުން ތެރި ކުރަން ބްރައުން ބޮޑީ ސޫޓް އަކުން އޮރިޔާން ނިވާކޮއްގެން ހުރެ ފެން އަޅާތަން ދެއްކިނަމަ . އޭގެ އަސްލަށް ބަދަލް އަންނާނެތަ ؟ ކޮން މެހެން މާރީތި މީހަކަށް ވެގެން ތިމާގެ ބޮޑީ ދައްކާކަށް ނުޖެހޭ . ހަށިގަޑުން ބައި ކުޅައިން މަތި ހާމަވޭ . ހޭލުން ތެރި ކުރަންށޭ ނުކިޔާ . ފައިސާއަށް ހަށިތައް އިސްތިހާރު ކޮއްފަ .

  2. ރިސޫ

    އެހެނަސް ހަމަ ހަބޭސް. ކީޕް އިޓް އަޕް ގައިޒް!!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ