އެހެނަސް: ނިއްމާލަމުން ނަގައިދިނީ އަގުހުރި ފިލާވަޅުތަކެއް!

ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލުގެ ހިޓް ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ"ގެ މައްޗަށް ރަވީ ފާރޫޤް މިދިޔަ އަހަރު ގެނެސްދިން ވެބް ސީރީޒް "އެހެނަސް" ނިއްމާލީ މިދިޔަ ބުރާސްފަތިދުވަހުއެވެ. "އެހެނަސް" އަކީ މި ސީރީޒް ބެލި އެންމެންގެ މެދުގައިވެސް ބޮޑު ހިޓެކެވެ.

ދިވެހި މުޖުތަމަޢުގައި ޖިންސީ ޝިކާރައަކަށްވެފައިވާ "ރަނޑު" ފިރިހެންކުއްޖެއްގެ އަސަރުގަދަ ވާހަކަ ކިޔައިދޭ މި ސީރީޒް ނިއްމާލީ އެންމެންވެސް ރޮއްވާލަމުންނެވެ. ސީރީޒްގެ ދެ ސީޒަން ގެނެސްދިންއިރު، ބެލުންތެރިންނަށް އެތައް އަގުހުރި ފިލާވަޅުތަކެއް މުޅި ސީރީޒްއިން ނަގައިދިންކަން ގިނަ ބަޔަކަށް އެނގިގެންދިޔައީ މި ސީރީޒްގެ ފިނާލޭ އެޕިސޯޑުންނެވެ.

ނުހަނު އަސަރުގަދަ އަދި ކަރުނަ ހިފަހައްޓާލަން މަޖުބޫރިވި ކްލައިމެކްސް މަންޒަރަކާއެކު މި ސީރީޒް ނިއްމާލީ އެތައް ފިލާވަޅުތަކެއް މި ސީރީޒެއްގެ ސިފައިގައި ބެލުންތެރިންނާއި ހަމައަށް ފޮރުކޮށްދީފިކަން އެންމެންނަށްވެސް ހަނދުމަކޮށްދެމުންނެވެ. އެގޮތުން އެހެނަސްގައި ކިޔައިދިނީ، މީހެއްގެ ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ އެކިކަހަލަ މީހުންގެ ފަރާތުން އަމިއްލަ ދިރިއުޅުން ބައްޓަން ކުރުމަށް އެ ފިލާވަޅުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމުގެ ނަތީޖާއެވެ.

"އެހެނަސް" އިން ކިޔައިދިނީ، ވަށައިގެންވާ ކޮންމެ މީހަކީ އާ ފިލާވަޅެއް ނަގައިދޭނެ ބައެއްކަމެވެ. އެގޮތުން އޭގެތެރެއިން އެއްބަޔަކީ، ތިމާ އަޅަންނުވާނެ ފިޔަވަޅުތައް ދަސްކޮށްދޭން ހުރި ބައެއްކަމަވެ. އަދި ތިމާ އެހެންމީހަކަށް ދިއްކޮށް ބުނާ ބަހެއް އަނބުރާ ތިމާއަށް ރައްދުނުވާވަރު މީހަކަށް ތިމާވާން ޖެހޭނެކަން އެއްބަޔަކު ދަސްކޮށްދޭނެކަމެވެ.

ހަޔާތުގައި ދިމާވާ ބައެއް މީހުންގެ ތެރެއިން، ދިރިއުޅުމުގައި ނަސީބު އަތުގައި ހިފާނީ މަދުފަހަރެއްގައިކަން އެއްބަޔަކު ދަސްކޮށްދޭނެކަމާއި، ބީވެގެން ނުދަނީސް މީހުންގެ އަގު ވަޒަންކުރަންޖެހޭނެކަމުގެ ހެކި އެއްބަޔަކު ދޭނެކަން މި ސީރީޒްއިން ކިޔައިދިނެވެ. އަދި ހެވާ ނުބައި އެއީ އެމީހަކު އަމިއްލައަށް އިހްތިޔާރުކުރާ ކަމެއްކަމާއި، ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ ވިސްނުމާއި ފިކުރު ބަދަލުކޮށް އިސްލާހް ވެވެދާނެކަން ހަނދާންކޮށްދޭނެ ބައެއްތިބޭނެކަންވެސް ކިޔައިދިނެވެ. އަދި އެފަދަ  މީހުންނަށް މާފުކުރުމަކީވެސް ދިރިއުޅުމުގައި ތިމާ ހިތްހަމަޖެހިގެން ކުރިއަށްދެވޭނެ ކަމެއްކަން ހަނދާންކޮށްދިނެވެ.

މީގެ އިތުރުން ކުށްކުރާ މީހުންގެ ކުށްތަކަކީ، މާފު ހޯދުން އުނދަގޫ ކުށްތަކެއްކަމާއި އަދި އެމީހުންގެ ފަރާތުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަން 'އެހެނަސް"އިން ހަނދާންކޮށްދިނެވެ. އަދި މަކަރާއި ހީލަތުން ފުރިގެންވާ ފަރުދާއެއްގެ ފުރަގަހުގައި ހޭދަކުރާ ބަޔަކުކާއި ދިރިއުޅުމުގައި ދިމާވާނެކަމަށާއި، އަދި ކޮންމެ މީހަކީ ދުނިޔެ މަތީގައި އެކަމުން އަދަބު ލިބޭނެ ބަޔެއް ނޫންކަންވެސް މިފަދަ މީހުން ހާމަކޮށްދޭނެކަން ކިޔައިދިނެވެ.

ހަޤީގަތާއި ކުރިމަތިލާ އަނިޔާގެ ދިފާޢުގައި ތެދުވުމަކުން ދެރައެއް ނޯންނާނެކަމާއި އަދި އާފެށުމަކުން ދިރިއުޅުން ފެށުމަށް ދުވަހަކުވެސް ލަސްނުވާކަމުގެ މިސާލު އެއްބަޔަކު ދައްކާނެކަމަށް "އެހެނަސް"ގައި ކިޔައިދިނެވެ. އަދި ދިރިއުޅުމުގައި ކުރިމަތިލާ ކަންކަމުން ތިމާގެ ދިފާޢުގައި މީހަކު ނެތްނަމަ، ހުދު ތިމާ އެކަމާއި ކުރިމަތިލާ އެހީ އަށް އެދި، ނަފްސް ހަލާކުކޮށްލުމުގެ ފުރުސަތު ނުދިނުމަށް "އެހެނަސް" އިން އެންމެނަށް ހަނދާންކޮށްދިނެވެ.

މީގެ އިތުރުންވެސް، "އެހެނަސް" އިން އެތައް ފިލާވަޅުތަކެއް އަހަރެމެންނަށް ނަގައިދިންއިރު، މިއީ މި ސީރީޒްގެ މެއިން ކެރެކްޓަރ "ނިޔާޒް" ގެ ހަޔާތުގައި ދިމާވި އެންމެންގެ ކިބައިން ފިލާވަޅުނަގާ، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އެ ފިލާވަޅުތަކުގެ ބޭނުން ހިފިގޮތެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ