މިނިސްޓަރ އަސްލަމް | ފޮޓޯ: ރާއްޖެ.އެމްވީ

ދެ މިނިސްޓްރީ އެއްކޮށްލާފައި މިިނިސްޓަރަކަށް އަަސްލަމް އައްޔަންކޮށްފި

ދެ މިނިސްޓްރީ އެއްކޮށްލާފައި މިިނިސްޓަރަކަށް ކުރީގެ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަަސްލަމް އައްޔަންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް މިއަދު ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަސްލަމް އިސްކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވާފައެވެ.

ކުރިން ޕްލޭނިން މިނިސްޓަރ އަކަށް ހުންނެވި އަސްލަމް ދެ މިނިސްޓްރީއެއް އެއްކޮށްލުމަށްފަހު މިނިސްޓަރ ކަމަށް އައްޔަން ކޮށްފައިމިވަނީ ކުރިން ހައުސިން މިނިސްޓަރ އަކަށް ހުންނެވި އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ހައުސިން މިނިސްޓްރީ އުވާލުމަށް ފަހުއެވެ.

ރައީސް ޞޯލިޙް ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލު ކުރައްވާފައެވެ.

އަސްލަމް މަގާމުގެ ހުވާކުރެއްވުމާއި، އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިނިސްޓަރ އަސްލަމް އަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލެއްވުމާއި ގުޅިގެން ކުރިން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށްވެސް ރައީސް ޞޯލިޙް ވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ