"ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް އަނިޔާ ކޮށްގެން ނުވާނެ"

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް އަނިޔާ ކޮށްގެން ނުވާނެ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މުސަ ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުއާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މިއަދު މީހަކު ދިމާކޮށް ހަމަލީ ދިންމައްސަލައާއި ގުޅިގެންނެވެ.

އެގޮތުން ރީކޯ ވިދާޅުވެފައިވަނީ އިންސާފާ ހަމަހަމަކަން ގާއިމްކޮށް އަދަބު ދިނުމަކީ ޝަރުޢީހަމަތަކުން ކުރަންޖެހޭ ކަމެއް ކަމަށާއި، މަގުމަތިން ގަޔަށް ބޮލަށް އަރައިގަނެގެން ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް އަނިޔާ ކޮށްގެން ނުވާނެ ކަމަށެވެ. 2012 ފެބުރުވަރީ 08 ވަނަ ދުވަހު ފުލުހުން ރީކޯ ހިފަހައްޓައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯ އެއް ޙިއްސާ ކުރައްވަމުން ރީކޯ ވަނީ އެންމެން މޭކަޕް ކޮށްގެން ދޮގެއް ނުހަދާނެ ކަމަށްވިދާޅުވެ، ޑރ. ވަހީދު އަށް އިންސާފު ހޯއްދަވައިދެއްވުމަށް ގޮވާލައްވާފައެވެ.

ކުރީގެ ރައީސް ޑރ. ވަހީދު އަށް ހަމަލާ ދީފައިވަނީ މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެކެވެ. ނަމަވެސް އެމަނިކުފާނަށް ދީފައިވަނީ ކޮންކަހަލަ ހަމަލާއެއް ކަމެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

އެމައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ