މަސްތުވާތަކެތީގެ މަސްލާގައި ރޭ ޙައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، 6.8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ރޭ ހުޅުމާލެއިން ޙައްޔަރުކުރި 3 މީހުންގެ ބަންދާގޮތެއް ނިންމުމަށް ކޯޓުން ޙާޟިރުކުރުމުން ދެމީހަކަށް ބަންދުގެ މުއްދަތު ޖެހުމަށްފަހު އެކަކު ދޫކޮށްލާފައިވާކަމަށެވެ.
އެގޮތުން އޭނާ ދޫކޮށްލާފައިވަނީ އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިނުވާތީކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
އަދި ރޭ ޙައްޔަރުކުރި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭކަމަށް ތުޙުމަތުކުރެވޭ ބައެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު، މިދިޔަ ހަފްތާގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން އެތަކެއް މީހުންނެތްވަނީ ޙައްޔަރުކޮށްފައެވެ.



