ސްޕެނިޝް ލަލީގާގެ އެންމެ ހަގު ކުޅުންތެރިއަކަށް ރެއަލްމަލޯކާއަށް ކުޅެމުން އަންނަ ޒުވާން ލުކާ ރޮމޭރޯވުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.
ސްޕެނިޝް ލަލީގާގެ ވިލަރެއާލްއާއި ދެކޮޅަށް މިރޭ ކުޅުމަށް ހަމަޖެހިފައިވާ މަލޯކާ ޓީމަށް އުމުރުން 15 އަހަރުގެ ރޮމޭރޯވަނީ ނަގާފައެވެ. މިރޭގެ މެޗުން އޭނާއަށް ފުރުޞަތު ލިބިއްޖެނަމަ ލަލީގާއި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށް އޭނާ ވެގެންދާނެއެވެ.
މެކްސިކޯގެ ޑްރެންގޯ ސިޓީއަށް އުފަން ރޮމޭރޯ ނިސްބަތްވަނީ އާޖެންޓީނާއަށާއި މެކްސިކޯއަށެވެ. ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާއި ކުޅުމުގައި އެއްގޮތްކަމެއް ހުންނަ ރޮމޭރޯއަށް ވަނަކަމަށް ކިޔަނީ 'މެކްސިކަން މެސީ' އެވެ.
ރޮމޭރޯ ސްޕެއިންއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ އޭނާގެ އުމުރުން އެންމެ 3 އަހަރުއެވެ. އަދި 2015 ވަނަ އަހަރުމަލޯކާއާއި ރޮމޭރޯ ގުޅުނުއިރު އޭނާގެ އުމުރަކީ އެންމެ 10 އަހަރުއެވެ. މަލޯކާގެ ބޮޑު ޓީމާއެކު ފަރިތަކުރުންތައް އޭނާ ފަށާފައިވަނީ މިމަހުއެވެ.
ސްޕެނިޝް ލަލީގާގެ 3 މެޗެން މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއް މެޗުގައި ވިލަރެއާލްއާއި ރެއަލްމަލޯކާ ބައްދަލުކުރާއިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ގެޓަފޭ އަދި އެންޕަނިޔޯލްއެވެ. މީގެއިތުރުން މިރޭ ކުޅޭ ތިންވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ނުކުންނާނީ ލަގްނޭސްއާއި ދެކޮޅަށެވެ. ބާސެލޯނާ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 01:00 ގައެވެ.
28 މެޗުން ލިބުނު 61 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ. ފުލުގައި ވާދަވެރި ރެއަލްމެޑްރިޑް ވިއްދާފައި އޮތްއިރު 28 މެޗުން ރެއަލްމެޑްރިޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.




