އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފުލުހުންގެ އަގު ވައްޓާލާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހި ފުލުހުންނަށް މަލާމާތްކޮށް، ބިރު ދައްކާ، ހަޤީގަތެއްނެތް އިލްޒާމްތައް އަޅުވާ އަގު ވައްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފުލުހުންގެ ޚިދުމަތަކީ އަގު ކުރެވޭ ވަރަށްވުރެ މާ މަތިވެރި ޚިދުމަތެއް ކަމަށާއި ދިވެހި ފުލުހުންނަށްޓަކައި ފަޚުރުވެރިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު މިވަގުތަކީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާއިރު އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ވަނީ ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
MDP verikamah anna konme faharaku Dhivehi fuluhunnah malaamaiy koh,birudhahkaa hageegatheh neiy ilzaam thah alhuvaa agu vattaa lumakee balai ganeveyne kamehnoon.fuluhunge kh’idhumathakee agu kurevey varah vure maa mathiveri kh’idhumatheh.Dhivehi fuluhunnah takai fakh’uruverivan!
— Abdul Raheem Abdulla (@Banafsaa) June 15, 2020
ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލުގައި ވަނީ ވަކިވަކި ފުލުހުންނަށް ހޯމް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބުނެފައެވެ.
ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރެވޭ ބައެއް ފުލުހުންވެސް، ފުލުހުންގެ މުއައްސަސާގައި އެބަ ތިއްބެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މި ބިލާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެބޭފުޅުން މި ދައްކަވަނީ ގޯސް ފުލުސް މީހާގެ ވާހަކަ ކަމަށާއި މުޅި ފުލުހުންގެ މުއައްސަސާގެ ވާހަކަ ނޫން ކަމަށެވެ.