ޗައިނާ އާއި އިންޑިއާގެ ކުރިމަތިލުމެއްގައި އިންޑިއާގެ ތިން ސިފައިން މަރުވެއްޖެ

ޗައިނާގެ އަސްކަރިއްޔާއިންނާއި އަދި އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރު ސަރަހައްދުގެ ލަޑަކްގައި ހިނގި ކުރިމަތިލުމެއްގައި އިންޑިއާ ސިފައިންގެ ތިންމީހުން މަރުވެއްޖެއެވެ.

މިއީ މިސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި ދެގައުމުގެ އަސްކަރިއްޔާގެ ތެރެއިން ފާއިތުވެދިޔަ 45 އަހަރުގެ ތެރޭގައި ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

މިހާދިސާއާއި ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ މަޝްރަހު ފިނިކުރުމުގެ ގޮތުން މިހާރު ދެގައުމުގެ އަސްކަރިއްޔާގެ އިސްވެރިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ދެގައުމުގެ އަސްކަރިއްޔާއިން ބަދަލުކުރި ހަމަލާގައި އިންޑިއާއިން މަރުވެފައިވަނީ އޮފިސަރަކާއި އަދި ސިފައިންގެ ދެމީހުން ކަމަށެވެ.

ޗައިނާއިން ބުނެފައިވަނީ މި ކުރިމަތިލުމާއި ގުޅިގެން ޗައިނާގެ އަސްކަރިއްޔާގެ އެކަކުވެސް މަރުވެފައި ނުވާ ކަމަށާއި އިންޑިއާގެ ސިފައިންނަށް ހަމަލާދީފައިވަނީ ލަޑަކްގެ ގަލްވާން ވެލީ ބޯޑަރު ހުރަސްކުރުމުގެ ސަބަބުން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓުރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ، ހޯމަ ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ދެފަހަރެއްގެ މަތިން ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދުތަކަށް ވަދެފައިވާ ކަަމަށެވެ. އަދި މިކަމާއި ގުޅިގެން ދެގައުމުގެ ބޯޑަރު ބަލަހައްޓާ ފުލުހުންގެ މެދުގައި ކުރިމަތި ލުމަކަށް ގޮސްފައިވާ ކަމަށެވެ.

އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން އަންނަނީ ލަޑަކްގެ ގަލްވާން ވެލީއަށް އެތައްހާސް ސިފައިންނެއް ފޮނުވަމުންނެވެ. އަދި އިންޑިއާގެ 38،000 އަކަ ކިލޯމީޓަރެއްގެ ސަރަހައްދު ޗައިނާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ