ބަޔާން މިއުނިކްއިން ވިދިވިދިގެން 8 ވަނަ ފަހަރަށް ޖަރުމަން ބުންޑެސްލީގާ ކާމިޔާބުކޮށްފިއެވެ.
ބަޔާންއަށް ޗެމްޕިއަންކަށް ލިބިފައިވަނީ ރޭ ވާޑާއައި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރުމާއި ގުޅިގެންނެވެ. ރޭގެ މެޗުން މޮޅުވެ، ބަޔާންއަށް 10 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު ބަޔާންއަށް އަދި ބާކީ ދެ މެޗު އެބައޮތެވެ. ދެވަނާގައި އޮތް ޑޯޓުމުންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ރޭގެ މޮޅަކީ ބަޔާންއިން ލީގުގައި ވިދިވިދިގެން މޮޅުވި 11 ވަނަ މެޗެވެ.
ރޭގެ މެޗު ބަޔާއިން ކާމިޔަބުކޮށްފައިވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރޮބާޓް ލެވެންޑޯސްކީއެވެ.43 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ލެވެންޑޯސްކީ މިސީޒަންގައި ކާމިޔާބުކޮށްދިން 46 ވަނަ ލަނޑެވެ. އަދި މިސީޒަންގެ ބުންޑެސްލީގާގއި ކާމިޔާބުކުރި 31 ވަނަ ލަނޑެވެ. ބަޔާންއަށް އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުގައި ލެވެންޑޯސްކީވަނީ އެކްލަބަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ 79 ވަނަ މިނަޓްގައި އަލްފަންސޯ ޑޭވިސްއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑއި ގުޅިގެން ބަޔާންއިން މެޗު ނިންމާލާފައިވަނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
? 2020
? 2019
? 2018
? 2017
? 2016
? 2015
? 2014
? 2013???? ?? ??????????? ?#MEI8TER pic.twitter.com/boERc9HOia
— FC Bayern English (@FCBayernEN) June 16, 2020
މެޗަށްފަހު ވާހަކަ ދައްކަމުން ލެވެންޑޯސްކީ ބުނީ، މިލިބުނު ކާމިޔާބީއާއެކު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މިއީ އުނދަގޫ ސީޒަނެއްކަމަށެވެ. ތަށި ހޯދުމަށް މަސައްކަތް ކުރާތާ އެތަކެއް ދުވަސްފަހުން ތަށި ލިބުނުއިރު އުފަލުގައި ބައިވެރިވާން ސަޕޯޓަރުން ނެތުމުން އެކަމުގެ ހިތްދަތިކަން ލިބޭކަމަށާއި، ސަޕޯޓަރުންނާއެކު މިލިބުނު ކާމިޔާބީ ވީހާވެސް ފާހަގަކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރާކަމަށްވެސް ލެވެންޑޯސްކީ ބުންޏެވެ.
އަދި ޖަރުމަނުގެ އެންމެ މޮޅު ޓީމަކީ ބަޔާންކަން ހާމަކުރެވިއްޖެ ކަމަށާއި، ޗެމްޕިއަންސް ލީގުގައިވެސް މިއަށްވުރެ މޮޅު ކުޅުމެއް ދައްކަން ބޭނުންވާކަމަށް ލެވެންޑޯސްކީ ބުންޏެވެ.




