ދެކުނު ކޮރެެއާގެ ޔުނިފިކޭޝަން މިނިސްޓަރ

ދެކޮރެއާގެ ގުޅުން ގޯސްވެފައިވަނިކޮށް ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރ އިސްތިއުފާދީފި

ދެކޮރެއާގެ ގުޅުން ހީނަރުވެ ދެކޮރެއާގެ ގުޅުން ބަދަހިކުރުމަށް 2018 ވަނަ އަހަރު ހުޅުވި ލިއޭޒަން އޮފީސް އުތުރު ކޮރެއާއިން ގޮއްވާލައިފައިވަނިކޮށް ދެކޮރެއާގެ ގުޅުން ބަދަހި ކުރުމަށް އުފައްދައިފައިވާ ދެކުނު ކޮރެެއާގެ ޔުނިފިކޭޝަން މިނިސްޓުރީގެ މިނިސްޓަރ ކިމް ޔޮން ޗަލް އިސްތިއުފާ ދީފިއެވެ.

އިސްތިއުފާ ހުށާހަޅުއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ދެކޮރެއާގެ ގުޅުން ހީނަރުވުމުގެ ފުރިހަމަ ޒިންމާ އެބޭފުޅާ ނަންގަވާ ކަމަށެވެ.

ދެކޮރެއާގެ ގުޅުން މިފަހަރު ހީނަރުވެގެން ގޮސްފައިވަނީ ދެކުނު ކޮރެއާއިން ބެލޫންފަދަ ތަކެތީގައި އުތުރު ކޮރެއާއަށް އެގައުމުގެ ވެރިކަމާއި ދެކޮޅު ލިއުންތައް ފޮނުވާ މައްސަލައިގައެވެ. އުތުރު ކޮރެއާއިންވަނީ މިއަމަލު ނުހުއްޓުވައިފިނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ދެކޮރެއާއިން 2018 ވަނަ އަހަރުވަނީ އަދާވާތްތެރި އަމަލުތަކާއި އަޑުގަދަކުރާ އާއި ލީފްލެޓުތައް މެދުވެރިކޮށް އެފަަދަ އަމަލުތަކަށް މަގުފަހި ކުރުން ހުއްޓުވާނެ ކަމަށް އެއްބަސްވެފައެވެ.

ގޯސްވެފައިވާ ދެކޮރެއާގެ މަސްރަހު ފިނުކުރުމަށްޓަކައި، ދެކުނު ކޮރެއާގެ ރައީސް ވަނީ ސަރުކާރުގެ އިސް ދެ މަންދޫބުން ކަނޑައަޅުއްވައި، މަޝްވަރާގެ މޭޒަށް އައުމަށް އުތުރު ކޮރެއާއަށް ދައުވަތު އަރުވައިފައެވެ. ނަމަވެސް، އުތުރު ކޮރެއާއިންވަނީ އެ ހުށަހެޅުމަކީ ހީލަތްތެރި ހުށަހެޅުމެއް ކަމަށްބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ