މެލޭޝިއާގައި ތިބި 175 ދިވެއްސަކު ރާއްޖެ ގެނެސްފިއެވެ.
މެލޭޝިއާގައި ތިބި މިފަރާތްތައް އައިސްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން މިރޭ ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މިއީ މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ބޭއްވި 3 ވަނަ ފްލައިޓެވެ.
Our repatriation flight from Kuala Lampur arrives @VelanaAirport with 175 Maldivian nationals.@MoFAmv @MDVinMalaysia#BringingOurCitizensHome #NationalAirline ?? pic.twitter.com/9wT9CMYThx
— Maldivian (@MaldivianAero) June 17, 2020
ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާންޖެހެއެވެ. އަދި 14 ދުވަސް ހަމަވުމުން ދޫކޮށްލާނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.



