ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ވަޒީރުން ބަހެއްނުބުނެ ތިބެނީ އިތުބާރު ނެތްކަމަށް ވޯޓްނަގާފާނެތީތޯ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވެފައިވަނީ އާއިލާތަކާ ދުރުގައި ތިންހަތަރުމަސް ވަންދެން ރައްޔިތުން ގޮވައިގެން ސިފައިންނާ ފުލުހުން އެހާބުރައުފުލީމަ އެމީހުނަށް ހިތުހުރިހާއެއްޗެއް ސަރުކާރުޕާޓީގެ ރައީސްއާއި މެމްބަރުން ގޮވަމުންދާއިރު ދެމުވައްސަސާގެ ވަޒީރުން ބަހެއްވެސް ނުބުނެ މިތިބެނީ އިތުބާރު ނެއްކަމަށް ނަގާބޭރުކޮށްފާނެތީތޯ ކަމަށެވެ.
އާއިލާތަކާދުރުގަތިންހަތަރުމަސްވަންދެންރައްޔަތުންގޮވައިގެން ސިފައިންނާފުލުހުންއެހާބުރައުފުލީމަ އެމީހުނަށްހިތުހުރިހާއެއްޗެއް ސަރުކާރުޕާޓީގެރައީސްއާއި މެމްބަރުން ގޮވަމުންދާއިރު ދެމުވައްސަސާގެވަޒީރުން ބަހެއްވެސް ނުބުނެ މިތިބެނީ އިތުބާރުނެއްކަމަށްނަގާބޭރުކޮށްފާނެތީތޯ
— Reekomoosa (@ReekoMoosa) June 17, 2020
ފުލުހުންގެ ގާނޫނު އަލުން ހެދުމަށް ޓަކައި ސަރުކާރުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލެއް މަޖިލީހަށް ހުށައަޅައި ބަހުސް ފަށާފައެވެ. މި ބިލަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުންތަކެއް ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބައެއް މެންބަރުންގެ ވާހަކަފުޅުގައި ފުލުހުންނަކީ ވަރަށް ދަށުދަރަޖައެއްގެ ބައެއްކަން ދޭހަވާ ފަދަ އިބާރާތައް ބޭނުން ކުރައްވާފައިވާތީ، ގިނަ ބައެއެއްގެ ފާޑުކިޔުންވެސް ވަނީ އެބޭފުޅުންނަށް އަމާޒުވެފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެހެން ނަމެއް ކިޔާ އެހެން ކުލައެއްގެ ފުލުހުސް އޮފީހެއް ބޭނުންވާ ކަމަށް މެންބަރުން އެދިވަޑައިގަންނަވާކަމަށެވެ.




