އިންޑިއާ އަދި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެގައުމުގެ އަސްކަރިއްޔާގެ ސިފައިންގެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންނަށް ހަމަލާދިނުމަށް ޗައިނާ ސިފައިން ބޭނުންކުރި ތަކެތި އިންޑިއާގެ އަސްކަރިއްޔާއިން ދައްކާލައިފިއެވެ.
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބޭރުގެ މީޑިއާޔާއި ހިއްސާކުރި މި ފޮޓޯއިން ފެންނަނީ ދަގަނޑުތަކެކެވެ. އަދި މި ދަގަނޑު ތަކުގައި މޮހޮރު ވެލްޑަންކޮށް ހަރުކޮށްފައި ވެއެވެ.
ދެގައުމުގެ އަސްކަރިއްޔާގެ މެދުގައި ކަޝްމީރު ސަރަހައްދުގެ ލަޑަކްގެ ބޯޑަރުގައި ހިނގި ކަރިމަތިލުމުގައި އިންޑިއާ ސިފައިންގެ ޖުމްލަ20 މީހުން މަރުވެފައިވާ ކަމަށް އެގައުމުން މައުލޫމާތު ދެއެވެ. އަދި ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް މައުލޫމާތު ދެއެވެ. މި ކުރިމަތި ލުމާއި ގުޅިގެން ޗައިނާގެ އަސްކަރިއްޔާގެ އެކަކުވެސް މަރުވެފައިވާ ކަމަށް އެގައުމުން ބުނެފައެއް ނުވެއެވެ.
އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން އަންނަނީ ގިނަ އަދަދެއްގެ ސިފައިން ބޯޑަރު ސަރަހައްދަށް ޖަމާކުރަމުންނެވެ. އަދި އިންޑިއާގެ 38،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ޗައިނާއިންވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ދެގައުމުގެ އިސްވެރިން މިހާރު އަންނަނީ ހޫނުވެފައިވާ މަޝްރަހު ފިނިކުރުމަށް މަޝްވަރާތައް ކުރަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ މަރުވި ސިފައިން ވީ ގުރުބާނީ ބޭކާރު ވެގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ.





ހިޔާލު
އެހެންވިއްޔާތިބޭކާރުވީ