ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން

ފުލުހުން މީސްމީޑިއާގައި ޚިޔާލު ފާޅުނުކުރުމަށް އިލްތިމާސްކޮށްފި

ފުލުހުން މީސްމީޑިއާގައި ޚިޔާލު ފާޅުނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރެފައިވާ ދެންނެވުމެއްގައި ވިދާޅުވީ، އެސަރވިސްއާއި ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފާޅުކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ފުލުހުންގެ ވަކިވަކި މުވައްޒަފުންގެ ޚިޔާލު ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، މިފަދަ ކަންކަން ނުކުރުމަށް ދަންނަވާކަމަށެވެ. އަދި އެކިއެކި ފަރާތްތަކުން ފާޅުކުރާ ޚިޔާލަށް މުވައްސަސާގެ ލެވެލްގައި ޖަވާބުދާރީވާނެ ނިޒާމްތަކެއް ކަނޑައެޅިފައިވާތީ ވަކިވަކި މުވައްޒަފުންގެ ޚިޔާލު ސޯޝަލް މީޑިއާގައި ފާޅުނުކުރުމަށް ހަނދާންކޮށްދޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުންތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާއިދުގެ 11 މާއްދާގެ (ނ)ގެ 9 ވަނަ ނަންބަރުގައި "މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑު ކަމަށް ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ މިންގަނޑުން ބޭރުވާފަދަ އިބާރާތަކުން ނުވަތަ އަޚްލާޤީ މިންގަޑުން ބޭރުވެފައިވާކަމަށް ޤަބޫލުކުރެވޭ ފަދަ އިބާރާތަކުން މީޑީއާގެ އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން އެއްވެސް ޢަމަލެއް ކުރުން ނުވަތަ ހިންގުން އެއީ އިދާރީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށާއި، އަދި ފުލުހުންގެ ޤާނޫނުގެ 69 ވަނަ (ނ) ވަކިފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެކަމާއިމެދު ޢާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް ޢަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ފުލުހުންގެ ކުރުން މަނާ ކަންތަކުގައި ތެރޭގައި ބަޔާންކޮށްފައިވާ ކަމެއްކަމުގައިވާތީ، މިފަދަ ކަންކަން ނުކުރުމަށް ދަންނަވާކަމުގައިވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދެންނެވެމުގައިވެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ