ޗައިނާ ފްރީ ޓްރޭޑް ފަށަން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޑީއަރުޕީއިން ވިދާޅުވީ، ކުރީގެ ސަރުކާރުން ފައްޓަވާފައިވާއި ޗައިނާ ފްރީ ޓްރޭޑްގެ މަސައްކަތް ފަށެމަށްޓަަކައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިސަރުކާރަށް ޖާބިރު ގޮވާލާކަމަށެވެ.
#DRP Leader Hon @chairmanjabir call upon the Maldives govt to immediately open a platfoam with China to discuss the implementation of free trade agreement which had been signed by the former govt. @ibusolih @MohamedNasheed @AmbassadorZhang @MFA_China @PDChina
— DRP (@drpmaldives) June 19, 2020
ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ދިވެހި ސަރުކާރުން ސޮއިކުރީ ޑިސެމްބަރު 2017 ގަ އެވެ. އެގޮތުން ކުރީގެ ސަރުކާރުން ބުނީ، ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއި ކުރުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖެ އަދި ޗައިނާ އިން ދެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ސޮއިކުރި އެއްބަސްވުން ތަކަކީ:
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ކޯޕަރޭޝަން ވިތްއިން ދަ ފްރޭމްވޯރކް އޮފް ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް އިނިޝިއޭޓިވް
- އެގްރީމަންޓް އޮފް އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ކޯޕަރޭޝަން އިން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެކްސްޗޭންޖް ލެޓަރ އޮން ދަ ޗައިނާ އެއިޑް މައިކްރޯ ގްރިޑް ސީ ވޯޓަރ ޑިސެލިނޭޝަން ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެކްސްޗޭންޖް ލެޓަރ އޮފް ފީސިބިލިޓީ ސްޓަޑީ އޮން ދަ ޗައިނާ އެއިޑް މުނިސިޕަލް ސޮލިޑް ވޭސްޓް ޓްރީޓްމަންޓް އެންޑް ރިސައިކްލިންގް ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން
- ދަ ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްސަރވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަން އެންޑް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްލޭނިންގް ބިޓްވީން މިނިސްޓްރޯ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް
- ފްރޭމްވޯކް އެގްރީމަންޓް އޮން ކޯޕަރޭޝަން އިން ރިލޭޝަން ޓު ޖޮއިންޓް ޑިވެލޮޕްމަންޓް އޮފް އެއާޕޯޓް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް އިން ހުޅުމާލެ، ރިޕަބްލިކް އޮފް މޯލްޑިވްސް ބައި އެންޑް ބިޓްވީން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެންޑް ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް
- ފެސިލިޓީ އެގްރީމަންޓް ފޮރ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފް ލިންކް ރޯޑް ކަނެކްޓިންގް ހުޅުލެ އެންޑް ހުޅުމާލެ ޕްރޮޖެކްޓް ބިޓްވީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް އިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް
އެހެންނަމަވެސް މިއެއްބަސްވުތައް މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ސަރުކާރަށް ގޮވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. އެގޮތުން ދިވެހި ސަރުކާރުން ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލިހުން "ރަބަ ސްޓޭމްޕް" ޖެހީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ރޭގަނޑު ގަޑިއެއްގައި މަޖިލިސް ހުޅުވައިގެން ކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.



