މިހާރު އެންމެ ގަދަޔަށް މީސްމީޑިއާގައި ދެކެވެމުންދާ އެއް ވާހަކައަކީ، ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކުގެ ވާހަކައެވެ.
ފިޓް ފާޒިލް އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކުގެ ނަސީބުވެރިޔާ ހޮވައި އެ ހަދިޔާތައް ރޭ ވަނީ ހަވާލުކޮށްފައެވެ.
ބައިލައްކަ ރުފިޔާއަށްވުރެ އަގު ބޮޑު މި “ގިވް އަވޭ”ގެ ނަސީބުވެރިޔަކަށް ހޮވުނީ އައިޝަތު ޝަރުމީލާއެވެ.
'އެޕް ސޯޓިއޯސް' ނަމަކަށް ކިޔާ ވެބްސައިޓެއް މެދުވެރިކޮށް ފިޓް ފާޒިލް މި ގިވްއަވޭ ގެ ނަސީބުވެރިޔާ ހޮވާފައިވާއިރު، މި ހަދިޔާތަކުގެ ތެރޭގައި، އެޕަލް ބްރޭންޑްގެ، އަގުހުރި “މެކްބުކް ގޯލްޑް” އަކާއި، 512 ޖީބީގެ “އައިފޯން އެކްސް އެސް” އަދި “އެއާޕޮޑް” އެއްވެސް ހިމެނެއެވެ. މީގެއިތުރުން، އަންހެންކުދިންގެ މެދުގައި މަޝްހޫރު ބްރޭންޑް “ވިކްޓޯރިއާ ސީކްރެޓްސް” ގެ އަގުހުރި ހަދިޔާތަކެއް ހިމެނޭއިރު، “ގޫޗީ”، “ޖޯރޖިއާ އަރްމާނީ”، އަދި “ޑިއޯރ” ފަދަ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ އެތައް ޕްރޮޑަކްޓްސް ފާޒިލްގެ މި “ގިވް އަވޭ” ގިފްޓް ޕެކް ގައި ހިމެނެއެވެ.
ފިޓް ފާޒިލް ބުނިގޮތުގައި މިއީ ލޮކްޑައުންއާއި ގުޅިގެން އޭނަގެ ސަޕޯޓަރަކަށް އޭނާ ދޭ ވަރަށް އަގުހުރި ހަދިޔާ އެކެވެ.




