މީސްމީޑިއާ މެދުވެރިކޮށް މަޝްހޫރު ފަރާތްތައް އެމީހުންގެ މަޤުބޫލުކަން ދަމެހެއްޓާ، އާއްމުންގެ ސަމާލުކަން ހޯދުމަށް އެކި ކަންކަން ކޮށް އުޅެއެވެ. އޭގެތެރެއިން އެއްކަމަކީ، އެމީހުންގެ ފޭނުންނަށް ނުވަތަ ސަޕޯޓަރުންނަށް ހިލޭ ދޫކޮށްލާ އަގުބޮޑެތި ހަދިޔާތަކެވެ. އެގޮތުން އިންސްޓަގްރާމް އަކީ، ފަންނާނުންގެ މެދުގައި މިކަމަށް އެންމެ މަޝްހޫރު ޕްލެޓްފޯމެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް މި ހަރަކާތް ހިންގާ އަގުބޮޑު ހަދިޔާތައް ފޭނުންނަށް ދިނުން މިވަނީ އާއްމުވެފައެވެ.
މި ދުވަސްކޮޅަކީ މީސް މީޑިއާ ގައި ތަފާތު އެކި ގިވްއަވޭތައް ގިނަ ދުވަސްވަރެކެވެ. އެގޮތުން ދިވެހިން މިހާތަނަށް ދުށް އެންމެ އަގުބޮޑު ދެ ގިވްއަވޭ ކަމުގައި ފިޓްފާޒިލް އާ އިންސްޓަގްރާމް މޮޑެލް ކައިޒީން ގެ ގިވްއަވޭ ވާނެއެވެ.
އިންސަޓްގްރާމް މޮޑެލްއެއްގެ ގޮތުގައި ޒުވާނުންގެ މެދުގައި މަޝްހޫރުވެފައިވާ، ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ ޕްރޮފައިލް ފޮލޯކޮށް ޕޯސްޓް ޝެއާ ކުރާ ފޭނުންނަށް ދޭ އޭނާ އިއުލާން ކުރި އަގު ބޮޑެތި ހަދިޔާތައް ލިބުނު ނަސީބުވެރިޔާ މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޓް ފާޒިލް ވަނީ ހޮވައި އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީގައި އާންމުކޮށްފަ އެވެ.
ނަމަވެސް ފިޓްފާޒިލް އޭނާގެ ގިވްއަވޭ ގެ ނަސީބުވެރިޔަކަށް ހޮވީ ފޭކް އައިޑީ އެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޒިލް ދިވެހިންނަށް އޮޅުވާލައި މަކަރު ހެދީ ކަމުގައި ބުނަމުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ އޭނާ އިންސްޓަގްރާމް އިން އަންފޮލޯ ވެސް ކުރަމުންނެވެ.
ޝަރުމީލާ ފެނިއްޖެ، އަދިވެސް ސުވާލު އުފެދޭ އެތަކެއް ކަމެއް!https://t.co/uEv08Nlb07
— Feshun (@feshunonline) June 23, 2020
މީސްމީޑިއާގައި މި “ގިވް އަވޭ” ހޯދުމަށް މަސައްކަތްކުރި ފަރާތްތަކުން ބުނަމުންދަނީ ފާޒިލްގެ މި “ގިވް އަވޭ”ގެ ނަސީބުވެރިފަރާތަކީ ފޭކެއް ކަމަށާއި، މިއީ އޮޅުވާލުމެއް ކަމަށެވެ. މިކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރާއިރު، އިންސްޓްގްރާމް އިން ފާޒިލް އަންފޮލޯ ކުރާމީހުންވެސް މަދެއްނޫނެވެ. އަދި ގިނަބަޔަކުދަނީ ފިޓްފާޒިލް އަންފޮލޯ ކުރުމަށް މީސްމީޑިއާގައި ކެންޕެއިންވެސް ކުރަމުންނެވެ.
ބައިލައްކަ ރުފިޔާ އަށް ވުރެ އަގުހުރި ތަކެތި ހިމެނޭ މި ގިވްއަވޭގެ ނަސީބުވެރިޔާ ‘އެޕް ސޯޓިއޯސް’ ނަމަކަށް ކިޔާ ވެބްސައިޓެއް މެދުވެރިކޮށް ހޮވާފައިވާއިރު، މި ހަދިޔާތަކުގެ ތެރޭގައި، އެޕަލް ބްރޭންޑްގެ، އަގުހުރި “މެކްބުކް ގޯލްޑް” އަކާއި، 512 ޖީބީގެ “އައިފޯން އެކްސް އެސް” އަދި “އެއާޕޮޑް” އެއްވެސް ހިމެނެއެވެ. މީގެއިތުރުން، އަންހެންކުދިންގެ މެދުގައި މަޝްހޫރު ބްރޭންޑް “ވިކްޓޯރިއާ ސީކްރެޓްސް” ގެ އަގުހުރި ހަދިޔާތަކެއް ހިމެނޭއިރު، “ގޫޗީ”، “ޖޯރޖިއާ އަރްމާނީ”، އަދި “ޑިއޯރ” ފަދަ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ އެތައް ޕްރޮޑަކްޓްސް ފާޒިލްގެ މި “ގިވް އަވޭ” ގިފްޓް ޕެކް ގައި ހިމެނެއެވެ.
ފޭކް ގިވް އަވޭ އާއެކު ފިޓްފާޒިލް ހޫނު ފެނަށް، އެންމެން އަންފޮލޯ ކުރަނީ!https://t.co/OjOl0pTyRC
— Feshun (@feshunonline) June 23, 2020
ކޮންމެޔަކަސް ފިޓްފާޒިލްގެ ގިވް އަވޭ އާއިއެކު އޭނާ މިވަނީ ރަނގަޅަށްވެސް ހޫނުފެނަށް ވެއްޓިފައެވެ. މިފަދަ ކަމެއް ފާޒިލް ކުރިނަމަ މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. އަދި ފޭނުންގެ އިތުބާރު ގެއްލި، އާއްމުންގެ ނުރުހުންދަނީ ފާޒިލްއަށް އަމާޒުވަމުންނެވެ.
ދެން ކުރިއަށް އޮތީ ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން(ކައި)ގެ ގިވްއަވޭއެވެ.
ކައިޒީންވެސް، އޭނަގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޯވާސްގެ އަދަދު 100،000 އަށް އެރުމާއެކު އެކަމުގެ އުފަލުގައި 3000 ޑޮލަރު، ގިވްއަވޭ ގޮތުގައި އޭނާގެ ސަޕޯޓަރުންނަށް ދޭން މި ވަނީ ނިއްމާފައެވެ.
މިކަން އިއުލާންކޮށް ކައި އޭނަގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ ޕޯސްޓްގައި ބުނީ، މިއީ އިންސްޓަގްރާމްގައި އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކައަށް އެރުމުގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދަތި އުނދަގޫތައް ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވުމުގެ މަޤުސަދުގައި، އޭނަގެ ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭ 3000 ޑޮލަރުގެ ގިވްއަވޭއެއް ކަމަށެވެ.
ކައިޒީން ދޭ 3000 ޑޮލަރުގެ ގިވް އަވޭ ގައި ބައިވެރިވެފިންތަ!https://t.co/cIMWC71FBt
— Feshun (@feshunonline) June 13, 2020
މި މަހުގެ 27 އާ ހަމައަށް މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ގިވްއަވޭ ލިބޭ ފަރާތްތައް އިއުލާންކުރާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ގިނަ ބަޔަކު އަންނަނީ ކައިޒީން ގެ ގިވްއަވޭ ހަމަހަމަކަމާއެކު ގުރުއަތުން ހޮވޭ ތިން ފަރާތަށް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނަމުންނެވެ. ނަމަވެސް ކައިޒީން ވެސް ފާޒިލް ފަދައިން ކަންތައް ކޮށްފާނެ ކަމަށް ބުނާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.
އެހެންކަމުން، ކައިޒީން ކަންތައް ކުރާނެ ގޮތެއް ބެލުމަށް މިމަހުގެ 30 އާއި ހަމައަށް އިންތިޒާރު ކޮއްލާށެވެ.



