ފިޓް ފާޒިލް ކައިވެނިކޮށްފި

ސޯޝަލް މީޑިއާއިން ގިނަ ބައެއްގެ ސަލާމުކަން ހޯދި މަޝްހޫރު މޮޑެލް އަދި ފިޓްނަސް އިންސްޓްރެކްޓަރު ފާޒިލް އަހްމަދު (ފިޓް ފާޒިލް) ކައިވެނިކޮށްފިއެވެ.

ފިޓްފާޒިލް ކައިވެނި ކުރުމާއެކު އެންމެންގެ ސަމާލުކަން ވަނީ އެދިމާލަށް ހުއްޓިފައެވެ.

އެގޮތުން ގިނަ ބަޔަކު އޭނަ އަށް މަރުހަބާ ކިޔަމުންދާއިރު، އިންސްޓަގްރާމުން އޭނާ ވަނީ ކައިވެނީގެ ފަހުން ކޯޓު ބޭރުގައި ނަގާފައިވާ ފޮޓޯ އެއް ހިއްސާކޮށްފައެވެ.

ފިތް ފާޒިލް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ 2020 ވަނަ އަހަރުގެ ޖޫންމަހު އަގުބޮޑެތި އިނާމުތަކަކާ އެކު އޭނާ ހުޅުވާލި ގިވް އަވޭ އެއްގެ ތެރެއިންނެވެ.

އެގޮތުން މި ގިވްއަވޭގައި އިނާމުތަކުގެ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ފިޓްފާޒިލަށް އަމާޒުވެފައިވާއިރު، ފަހުން އޭނާ ވަނީ އެކަމަށް މަޢާފަށް އެދިފައެވެ.

ފާޒިލް އަކީ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު މީހެއްކަމުގައި ވީނަމަވެސް އޭނާ ކައިވެރި ކޮށްފައިވާ ޝުރުފާ ނަސީރު އަކީ އާންމުންނަށް އެނގޭ ކުއްޖެއްނޫނެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ