ރާއްޖޭގެ ޖަމިއްޔާ އަކުން އެމްޑީއެން ދިފާއުކޮށް ރިޕޯޓެއް ނެރެފި

އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއި މެދު ސުވާލު އުފައްދައި، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯރކް (އެމްޑީއެން)ގެ ލާދީނީ ރިޕޯޓް ކުއްވެރިކޮށް، ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އުތެމާ" އިން ރިޕޯޓެއް ނެރެފިއެވެ.

އުތެމާގެ މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އެޖަމިއްޔާއިން ހުށަހަޅާ ރިޕޯޓެކެވެ.

ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް"ގެ އެހީތެރިކަމާއެކު އުތެމާގެ މިރިޕޯޓު ހަދާފައިވާއިރު، މިއީ އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ފަރާތެވެ.

މިރިޕޯޓްގައި ބުނެފައިވަނީ، މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައި ކަމަށެވެ.

އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް ވެސް މިރިޕޯޓްގައި ބުނެފައި ވެއެވެ.

އެމްޑީއެން އިން ތައްޔާރުކޮށްފައިވާ ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް (ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މިންވަރު ދެނެގަތުމުގެ އިބްތިދާއީ ދިރާސާ) ގައި ސްކޫލްތަކުގެ މަންހަޖަށާއި މުއައްސަސާތަކަށާއި ރައްޔިތުންނަށް ދިމާވެފައިވާ އާޚިރު ނަތީޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތު ތަކެއް އެކުލެވިފައިވާ ކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.

"ދާދިފަހުން ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެމް.ޑީ.އެން ގެ ރިޕޯޓު ކުށްވެރިކުރުމުގެ މަސައްކަތަކީ މި މައްސަލައިގެ ސީރިއަސްކަން ރަމްޒުކޮށްދޭ ކަމެކެވެ." އުތެމާގެ ރިޕޯޓްގައި ވެއެވެ.

އުތެމާގެ ރިޕޯޓް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އިދްރިސް އަލީ

    ނޫސްވެރިޔާއަށް ވާނުވާ އެނގޭބާ!
    މި ކޮމެންޓް ޖަހާލާތި. ބާއްޖަވެރި ދުވަހަަކަށް އެދެން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ