ފޭކް ގިވް އަވޭ އާއެކު ފިޓްފާޒިލް ހޫނު ފެނަށް، އެންމެން އަންފޮލޯ ކުރަނީ!

މިހާރު އެންމެ ގަދަޔަށް މީސްމީޑިއާގައި ދެކެވެމުންދާ އެއް ވާހަކައަކީ، ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކަށް ހޮވުނު ނަސީބުވެރިޔާގެ ވާހަކަތަކަށް ނޫނީ ނުވާނެއެވެ.

އެ"ގިވް އަވޭ"ގެ ނަސީބުވެރިއަކަށް މިމަހުގެ 20 ވަނަ ދުވަހު އައިޝަތު ޝަރުމީލާ ހޮވާފައިވާއިރު އެނަތީޖާއާއި ދޭތެރޭ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މީސްމީޑިއާގައި މި "ގިވް އަވޭ" ހޯދުމަށް މަސައްކަތްކުރި ފަރާތްތަކުން ބުނަމުންދަނީ ފާޒިލްގެ މި "ގިވް އަވޭ"ގެ ނަސީބުވެރިފަރާތަކީ ފޭކެއް ކަމަށާއި، މިއީ އޮޅުވާލުމެއް ކަމަށެވެ. މިކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރާއިރު، އިންސްޓްގްރާމް އިން ފާޒިލް އަންފޮލޯ ކުރާމީހުންވެސް މަދެއްނޫނެވެ. އަދި ގިނަބަޔަކުދަނީ ފިޓްފާޒިލް އަންފޮލޯ ކުރުމަށް މީސްމީޑިއާގައި ކެންޕެއިންވެސް ކުރަމުންނެވެ.

މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފާޒިލްގެ "ގިވް އަވޭ"ގެ ނަސީބުވެރިޔާ ޝަރުމީލާގެ އެކައުންޓަކީ ފޭކް އަދި ފާޒިލް އަމިއްލައަކަށް އުފައްދައިގެން އުޅޭ އެކައުންޓެއް ކަމަށެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ "ޝަރުމީލާ" އެއައިޑީ ދަންނަންތޯ އެހެން މީހުން ކައިރީ އެހުމުން ވެސް އޭނާ ދަންނަ އެކަކުވެސް ނެތް ކަމަށާއި ފާޒިލް އެންމެ ނަސީބުވެރިއެއް ހޮވާތީ ވެސް ޝައްކު އުފެދުނު ކަމަށެވެ.

"އެންމެ ކުޑަމިނުން ފިޓްފާޒިލްވެސް ޝަރުމީލާގެ އެކައުންޓް ފޮލޯކޮށްފައެއް ނެތް" މީހަކު ޓްވިޓާގައި ބުނެފައިވެއެވެ.

ގިނަބައެއްގެ ފާޑުކިއުން ފާޒިލްއަށް އަމާޒުވަމުންދާއިރު މިކަމާގުޅިގެން ފާޒިލް ބަހެއްނުބުނެ މަޑުން ހުރުމަކީވެސް ގިނަމީހުން ބުނާގޮތުގައި ފާޒިލް ނަސީބުވެރިޔާ ހޮވުމުގައި އޮޅުވާލާފައިވުމުގެ ހެއްކެށް ކަމަށެވެ.

ބައިލައްކަ ރުފިޔާ އަށް ވުރެ އަގުހުރި ތަކެތި ހިމެނޭ މި ގިވްއަވޭގެ ނަސީބުވެރިޔާ 'އެޕް ސޯޓިއޯސް' ނަމަކަށް ކިޔާ ވެބްސައިޓެއް މެދުވެރިކޮށް ހޮވާފައިވާއިރު، މި ހަދިޔާތަކުގެ ތެރޭގައި، އެޕަލް ބްރޭންޑްގެ، އަގުހުރި “މެކްބުކް ގޯލްޑް” އަކާއި، 512 ޖީބީގެ “އައިފޯން އެކްސް އެސް” އަދި “އެއާޕޮޑް” އެއްވެސް ހިމެނެއެވެ. މީގެއިތުރުން، އަންހެންކުދިންގެ މެދުގައި މަޝްހޫރު ބްރޭންޑް “ވިކްޓޯރިއާ ސީކްރެޓްސް” ގެ އަގުހުރި ހަދިޔާތަކެއް ހިމެނޭއިރު، “ގޫޗީ”، “ޖޯރޖިއާ އަރްމާނީ”، އަދި “ޑިއޯރ” ފަދަ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ އެތައް ޕްރޮޑަކްޓްސް ފާޒިލްގެ މި “ގިވް އަވޭ” ގިފްޓް ޕެކް ގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1551116
ގުޅުންހުރި ލިޔުންތައް

2 Responses

  1. anga gadha mithuru

    faazil f******kulh*

  2. ޖާބިރު

    މީނަގެ މައްސަލަ ޕޮލިހަށް ހުށައަޅާ.

    13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ