ފުލުހުންގެ މަޑުއްވަރީ ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

އަނެއްކާވެސް މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އަނެއްކާވެސް ރ. މަޑުއްވަރީއަށް ސިފައިންނާއި ފުލުހުން އަރައި އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މަޑުއްވަރީގައި ކުރިޔަށް ގެންދާ މި އޮޕަރޭޝަނަކީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އޮންލައިންނޫސް "ސަން" ރިޕޯޓްކޮއްފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން އެ ރަށުގައި ހިންގާ އޮޕަރޭޝަންގައި ފާސްކުރަމުން ދަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފާސްކުރިގެ އެކެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުވެސް ވަނީ މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައިވެސް މަޑުއްވަރީގެ ގިނަ ގެތަކެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ ތުހުމަތުގައި އެރަށުން 6 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފައެވެ.

މީގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ވަނީ ރާއްޖޭގައި މީހުން މަރާލަން ތައްޔާރަށް ތިބޭ ހިސާބަށް ފިކުރު ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން އެބަހުރި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ