ހަޒާޑު މިސިޒަންގެ ޕްރިމިއާ ލީގު ފަހު މެޗަށްފަހު - ފޮޓޯ: އެލްއިކުއިޕް

ހަޒާޑްގެ މިސްރާބު ރެއަލްމެޑްރިޑަށް

ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވޯޑު އެޑެން ހަޒާޑު އަންނަ ސީޒަނުގައި ޗެލްސީގައި މަޑުކުރުކުގެ ބަދަލުގައި ސްޕެއިންގެ ރެއަލްމެޑްރިޑަށް ބަދަލުވާނެކަމަށް ރިޕޯޓުތައް ބުނަންފަށައިފިއެވެ.

ހަޒާޑް ރެއަލްމެޑްރިޑަށް ދާންއުޅޭ ވާހަކައަކީ އަލަށް ފެށިގެން އުޅޭ ވާހަކައެއް ނޫނެވެ. މިދިޔަ މުޅި މިސީޒަންގައިވެސް ހަޒާޑު ރެއަލްމެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މެދު ކެނޑުމެއްނެތި އިވިއިވި ހުއްޓެވެ. ރިޕޯޓުތަކުގައިވާ ގޮތުން ހަޒާޑު ރެއަލްމެޑްރިޑާއި ގުޅެނީ 87 މިލިއަން ޕައުންޑަށެވެ. އަދި ދެޓީމުވެސް މިއަގަށް އެއްބަސްވެފައިވާއިރު ޔޫރޮޕާ ލީގު ފައިނަލަށްފަހު ހަޒާޑު އެކަން ހާމަކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަޒާޑް ޗެލްސީއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2020 އަށް ހަމަވާނެއެވެ.

ހަޒާޑުއާއެކު ގިނަ އެއްބަސްވުންތަކަކަށް ރެއާލްމެޑްރިޑް އައިސްފައިވާއިރު ރެއަލްމެޑްރިޑް ދެން ޖެހޭނީ ޗެލްސީގެ ރުހުން ހޯދާށެވެ. ފީފާގެ ސަސްޕެންޝަންއަކާއެކު ޗެލްސީއަށް ކުރިއަށްއޮތް ދެ ޓްރާންސްފާ މާކެޓްގައިވެސް ކުޅުންތެރިން ނުގެނެވޭގޮތްވަނީ ވެފައެވެ. އެހެންކަމަށްވުމާއެކު ޗެލްސީން އިތުރު ކުޅުންތެރިއަކު ބޭރުވިއަނުދީ ހިފެހެއްޓޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރާނެއެވެ. ނަމަވެސް ހަޒާޑު ކޮންމެ ނިންމުމަކަށްވެސް އިޙްތިރާމްކުރުމަށް ޗެލްސީގެ އިސް ކުޅުންތެރިން ދަނީ ގޮވާލަމުންނެވެ.

ހަޒާޑް ޕްރިމިއާ ލީގު ތައްޓާއެކު - ފޮޓޯ: ދަ ސްޓްރެއިޓް ޓައިމްސް

އަނެއްކޮޅުން މިފަހުން ދިން އިންޓަވިއުއްގައި އެޅޭ ފިޔަވަޅަކުން މުސްތަޤުބަލުގައި ހިތާމަކުރަން ބޭނުންނުވާކަމަށް ހަޒާޑްވަނީ ބުނެފައެވެ. ގިނަބަޔަކު ދެކޭ ގޮތުގައި ހަޒާޑުގެ އެވާހަކައަކީ ރެއަލްމެޑްރިޑްގެ ހުށައެޅުން ޤަބޫލުނުކޮށް ފަހުން އެކަމާ ހިތާމަކުރަން ބޭނުންނުވާ ވާހަކައެވެ.

2012 ވަނަ އަހަރު ޗެލްސީއާއި ގުޅުނު ހަޒާޑް ޗެލްސީ ޖާސީގައި ކުޅޭ އެންމެ ފަހުމެޗަކީ މެއި 29 ގައި އާސެނަލްއާއި ދެކޮޅަށް ކުޅެވޭ ޔޫރޮޕާ ލީގު ފައިނަލްކަމަށްވެސް ވެދާނެއެވެ.

މީގެ ހަތްއަހަރު ކުރިން ލިލޭ ދޫކޮށް ޗެލްސީއަށް ބަދަލުވި ހަޒާޑު ޗެލްސީއަށް 351 މެޗު ކުޅެދީފައިވެއެވެ. އަދި 108 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި ޗެލްސީއާއެކު 2 ޕްރިމިއާ ލީގު، 1 ޔޫރޮޕާ ލީގު، 1 އެފްއޭ ކަޕް، އަދި 1 ލީގު ކަޕް ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ