ކޮވިޑް-19: ރާއްޖެއަށް ފަތުރުވެރިން އަލުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާބެހޭގޮތު މަޝްވަރާކޮށްފި

ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ހުޅު ވާލާއިރު އެކި ދާއިރާތަކުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުންނާއި ވާންޖެހޭ ތައްޔާރީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ މަހުގެ 15ގައި ޢާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާކުރައްވައި، އަދި އެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމާބެހޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އަދި ކޯވިޑް-19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލާއިރު އެކި ދާއިރާތަކުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މަތަށް އެއަރޕޯޓްތަކުގައި އަޅާނެ ފިޔަވަޅުތަކާއި، ކޯވިޑް-19 ސްކްރީންކުރުމުގެ ކަންކަން އެއަރޕޯޓްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިޔަށްގެންދާނެ ގޮތްތަކާއި، މިކަންކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމާއި، ކޯވިޑްއަށްފަހު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ކަންކަމުގައި ޢަމަލުކުރާނެ ގޮތްތަކާބެހޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ޞިއްޙީ މާހިރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި، އެއަރޕޯޓްތަކާއި އަދި އިމިގްރޭޝަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ ބައެއް އިދާރާތަކުގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ