ރީކޯ މޫސަ ރައީސް ނަޝީދުއާއެކު - ފޮޓޯ: ސަން

އެމްޑީޕީއަކީ އެތައް ބައެއްގެ ޤުރުބާނީ - ރީކޯ

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެތައްބައެއްގެ ޤުރުބާނީ ކަމުގައި މަޖިލީހުގެ ކުރިގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީއަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު (އަންނި) ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އަންނި ވިދާޅުވެފައިވަނީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެކަމަށާއި ނަމަވެސް ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެކަމަށެވެ. "ވަރަށް ބޮޑަށް މަރުހަބާ އެމްޑީޕީ، ﷲގެ އިރާދަފުޅުން ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދުގެ މިވާހަކަފުޅާއި ގުޅިގެން ރީކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 15 އަހަރުވިޔަސް 50 އަހަރުވިޔަސް އެމްޑީޕީއަކީ އެތައްބައެއްގެ ޤުރުބާނީ ކަމަށެވެ. އަދި މާޒީގެ އުފެއްދުންތެރިން ކުރި ހިތްވަރާވެސް އެކުގައި ޑިމޮކްރެސީއަކީ ކާބަފައިން ތަހައްމަލްކުރި އަނިޔާތަކާއެކު ދަރީންވެސް ހިތްވަރު ކޮށްގެން ހޯދިއެއްޗެއްކަމަށެވެ.

ރީކޯގެ ޓްވީޓްގައި ވަނީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށްއުޅުނު އެޕާޓީގެ ފައުންޑަރ އެއްކަމަށްވާ ގޯގޯ ލަޠީފްއަށް ޝުރުކު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ